ފުލުސް ލޯގޯ - ފޮޓޯ: ފުލުސް

ސަފާރީގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ މިދަނީ ބަލަމުން: ފުލުހުން

ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ މިހާރުވެސް ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 2 މީހުން ދޫކޮށްލާފައިވާ ވީނަމަވެސް މިމައްސަލައިގެ ތަޙުޤީޤު މިހާރުވެސް ކުރިއަށް ދާކަމަށެވެ. އެގޮތުން އެ ދެ މީހުން ދޫކޮށްލެވިފައިވަނީ ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި މިމައްސަލާގައި ތަޙުޤީޤު ކުރިއަށްދާ ވަރަކުން ހާމަކުރަންޖެހޭ މަޢުލޫމާތުތައް ހާމަކުރަމުންދާނެކަމަށްވެސް ވިދާޅުވިއެވެ.

ޖިންސީ ގޯނާކޮށްފައިވަނީ ހުޅުމާލޭ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށެވެ. މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެޔެވެ. މިމައްސަލައާއި ގުޅިގެން ކުށުގެ ވެށިން 39 އަހަރުގެ ދިވެހި ދެފިރެހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުނަމަވެސް އެމީހުން ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމުންވަނީ ދޫކޮށްލާފައެވެ.

އެހެންނަމަވެސް ފުލުހުން ވިދާޅުވީ، މިމައްސަލަ ތަޙުޤީޤު މިހާރުވެސް ކުރިއަށްދާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ