ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ ތަފާތު އެކިދުވަސް މަތިން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާ ކޮށްފައިވާކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށް މައްސަލަ ތަހުޤީޤު ކުރަން ފަށައިފާ ވާކަމަށެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ ތ.ވޭމަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 25 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އެކުއްޖާގެ ބައްޕަ އަކީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީޤު ކުރިޔަށް ގެންދިޔުމަށް 08 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށެވެ.
މިމައްސަލަ ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ތަޙްޤީޤު ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.




2 Responses
މިވާއެއްޗެއް ރިސާރޗް ކޮއްގެން ނަމަވެސް ހޯދަން އެބަޖެހޭ. ކުޑަކުދިންނަށް މިބާރު ބޮޑވެގެން މިއުޅެނީ ކޮންކަމަކާ ލައިގަނެގެންތޯ? މިކަންމިހާރު އަތްނުފޯރާ ހިސާބަށް މައްޗަށް މިދަނީ! ބަލަންނުތިބެ މިކަމަށް އަވސް ފިޔަވަޅު އަޅަން އެބަޖެހޭ.
މާދަމާ ދޫކޮށްލާނެ އެއީ އެހާ ބޮޑުކަމެއް ނޫނޭބުނެފަ 🙁