ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަނެއްކާވެސް އިތުރު ދެ ދައުވާއެއް ކޮށްފިއެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އިތުރު ދެ ދަޢުވާއެއް ކޮށްފައިވާއިރު، ޔާމީންގެ މައްޗަށް އުފުލީ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދަޢުވާއެވެ.

ޕީޖީ އޮފީހުން ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޟާ ނަމަކަށް ކިޔާ މީހެއް މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލައާ ގުޅިގެންނެވެ.

އަދި މިމައްސަލައަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން
އެންޑް އެސެޓް ރިކަވަރީ ގުޅިގެން ހިންގާފައިވާ ތަޙްޤީޤެއްކަމަށާއި، މިތަޙްޤީޤުގައި މަސައްކަތް ކޮށްދެއްވި އިންވެސްޓިގޭޓަރުން ކުރެއްވި މަސައްކަތުގެ
އަގު ވަޒަންކުރާކަމަށްވެސް ޕީޖީ އޮފީހުންވަނީ ވިދާޅުވެފައެވެ.

އެގޮތުން މިމަސައްކަތް މިހިސާބަށް ގެނައުމުގައި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ ފަރާތުން މަސައްކަތް ކުރެއްވި، އެކޮމިޝަނުގެ ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރ ޢާރިފް ރަޝީދުގެ ކުޅަދާނަ ތަޙްޤީޤީ މަސައްކަތް ފާހަގަކުރާކަމަށް ވިދާޅުވިއެވެ.

މިމައްސަލާގައި ދަޢުވާކޮށްފައިވަނީ ކ. މާލެ، މއ. ކާމިނީހުޅަގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށާއި އަދި ކ. މާލެ، މއ.
. ކުރިކީލަހިޔާ، އަޙްމަދު ކްރިކް ރިޝާގެ އިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ