ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް - ފޮޓޯ: އަވަސް

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ އެއްވެސް ޙަޤީޤަތެއްނެތް ސިޔާސީ ދަޢުވާތަކެއް: އިދިކޮޅު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީ.ޕީ.އެމް.ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކޯޓުގައި އުފުލާފައިވާ އިތުރު 2 ދައުވާއަކީ އެއްވެސް އަސްލެއް ޙަޤީޤަތެއް ނެތް ސިޔާސީ ދަޢުވާތަކެއްކަމަށް އިދިކޮޅު ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

އެކޯލިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ، ކުއްލި ގޮތަކަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލުމުގެ ބޭނުމަކީ، ޤައުމު ހިންގަން ތިބި ބައެއްގެ ނާޤާބިލުކަމުން ޤައުމުގެ އިޤްތިޞާދު ޙަލާކުވެ، އިޖުތިމާއީ ފޭރާން ވީދި ހަލާކުވެފައިވާ މި ދަނޑިވަޅުގައި، ހުރިހާ ގޮތަކުންވެސް ސަރުކާރު ފެއިލްވަމުން ދާތީ، އެކަންކަމުން އަރައިގަތުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމުގެ ޤާބިލުކަން އެވެރިންގެ ނެތުމާއި، ރައްޔިތުންގެ ހިތްހަމަނުޖެހުން އިންތިހާއަށް ބޮޑުވެ، ކުރިމަތިކުރުވާ ސުވާލުތަކަށް ޖަވާބު ދިނުމުގައި ނުކުޅެދިފައިވާތީ، ރައްޔިތުންގެ ވިސްނުން އެހެން މިސްރާބަކަށް ބަދަލުކޮށް ސަރުކާރު ހިންގާ ޕާޓީގެ އެކްޓިވިސްޓުންނަށް ރައްދުގައި ދައްކާނެ އެހެން ވާހަކައެއް ހޯދާދިނުމުގެބޭނުމުގައި ކޮށްފައިވާ ދަޢުވާއެއްކަމަށެވެ.

އަދި ރައީސް ޔާމީންއަށް މިދަޢުވާ ކުރުމުގައ މިފަހަކަށް އައިސް ރާއްޖޭގައި ބިދޭސީއަކު ރޭޕްކުރި މައްސަލައިގައި، ރޭޕް ކުރި މީހުންނަށް ދައުވާ ނުކޮށް ރައީސުކްޖުމްހޫރިއްޔާގެ ސީދާ އަތެއްވާކަމަށް ތުޙުމަތު ކުރެވި އެކަމުގެ ހިތްހަމަނުޖެހުންވެސް ސަރުކާރަށް ކުރިމަތިވަމުންދާތީ އެކަމުގެ ފުރުޞަތު އެބައޮތްކަމަށް ބެލެވޭކަމަށްވެސް އިދިކޮޅުން ވިދާޅުވިއެވެ.

"ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން މިހާރު އިއްވާފައިވާ ޙުކުމަކީ އޭގައި ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް އެކުލެވިގެންވާ ޙުކުމެއްކަމާއި އެމަނިކުފާނު ޖަލުގައި ހައްޔަ ހިވިފައި ހުންނެވީ ނުޙައްޤުންކަން ރާއްޖެއާއި ބޭރުގެ ފަރާތްތަކުންވެސް ޤަބޫލުކުރާތީ އަދި އެކަމާއި ގުޅިގެން ސަރުކާރަށް ޕްރެޝަރ ބޮޑުވެ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދޫނުކޮށް އިތުރު އަނިޔާ ދިނުމަށް ހިންގާ ސިޔާސީ ދައުވާއެއްކަން އެދައުވާ ކިޔާލުމުން ވަރަށް ބޮޑަށް ސާފުވާންވެސް އެބައޮތެވެ." އިދިކޮޅުގެ ބަޔާނުގައިވެއެވެ.

އަދި އެދައުވާއަކީ އެއްވެސް އަސްލެއް ޙަޤީޤަތެއް ނެތް ދައުވާއެއްކަންވެސް އެދައުވާ ކިޔާލުމުން އެނގެން އެބައޮތްކަމަށްވެސް ވިދާޅުވިއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އިތުރު ދެ ދަޢުވާ އުފުލާފައިވަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާ ގުޅިގެންނެވެ. ޔާމީންގެ މައްޗަށް އުފުލީ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދަޢުވާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ