ސްކޫލްތައް ހުޅުވުމުގެ ތައްޔާރީތައް މިނިސްޓަރ ބައްލަވާލައްވައިފި

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޮވިޑް-19ގެ ބަލިމަޑުކަން ނެތް ރަށްތަކުގެ ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމަށް ހަމަ ޖެހިފައިވުމާއި ގުޅިގެން އައު އާންމު ހާލަތަށް ސްކޫލްތައް ހުޅުވުމަށް ވަމުންގެންދާ ތައްޔާރީތައް ބައްލަވާލެއްވުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އާއި މިނިސްޓްރީގެ ޓީމެއް މިއަދު ވަނީ މާލެ ސަރަހައްދުގެ ސްކޫލްތަކަށް ޒިޔާރަތްކުރައްވާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި މިއަދު މިނިސްޓްރީގެ ޓީމުން ޒިޔާރަތްކުރި ސްކޫލްތަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލް، ދަރުމަވަންތަ ސްކޫލް، ސެންޓަރ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން، އިސްކަންދަރު ސްކޫލް، އަމީނިއްޔާ ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ހިރިޔާ ސްކޫލް، އިމާދުއްދީން ސްކޫލް، ކަލާފާނު ސްކޫލް، ހުރަވީ ސްކޫލް، ރެހެންދި ސްކޫލް އަދި ޣާޒީ ސްކޫލް ހިމެނެއެވެ.

ސްކޫލްތައް ހުޅުވަން ހަމަޖެހިފައި އޮތީ ފޭސްތަކަކަށް ބަހާލައިގެން ކަމަށާއި މިހާލަތުގައިވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ދަރިވަރުންގެ ސިއްހީ ރައްކާތެރިކަމަށްވެސް ޑރ. އައިޝަތު އަލީވަނީ ވިދާޅުވެފައެވެ.

މިއާއެކު މާލޭ ސަރަހައްދުގެ ސްކޫލްތައްވެސް އެދުވަހު ހުޅުވިނަމަވެސް ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނީ ކީ ސްޓޭޖް ހަތަރެއް އަދި ފަހެއްގެ ދަރިވަރުންނަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ