މާދަމާއިން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ: ރައީސް

މާދަމާއިން ފެށިގެން މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރައްވައި ކުރެއްވި ޓްވީީޓްގައި ވިދާޅުވީ، އައު އާންމު ހާލަތުގައި ދޭން ފަށާފައިވާ ލުއިތަކުގެ ދަށުން ޖުލައި އެކަކުން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާ ކުރީ މިއަހަރުގެ އޭޕްރީލް މަހުގެ 15 އިން ފެށިގެންނެވެ. އަދި މި މަހުގެ 14 ވަނަ ދުވަހު ވަނީ މާލެ ސިޓީގެ މިސްކިތްތަކުގައި ނަމާދު ކުރުން މަނާކޮށްފައި އޮތް އޮތުން ބަދަލުކޮށް، ޖަމާއަތް ހެދުމަކާއި ނުލައި ނަމާދު ކުރެވޭ ގޮތަށް މާލެ ސަރަޙައްދު މިސްކިތްތަކަށް ގޮސް ނަމާދު ކުރުމުގެ ހުއްދަ ދީފައެވެ. އޭރުގައި ވެސް ޖަމާއަތުގައި ނަމާދުކުރުން އޮތީ މަނާކޮށްފައެވެ.

މާދަމާއިން ފެށިގެން މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދީފައިވާ އިރު، އާ އާންމު ހާލަތުގެ އުސޫލުތަކާ އެއްގޮތަށް އޮފީސްތަކާއި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަވެސް ސަރުކާރުން ވަނީ ދެއްވައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ