ނަމާދުގައި ކައިރި ކައިރީގައި ސަފު ހެދުން ދިވެހި ދެތިން ޝައިޚުންގެ ސިއްރަކަށް ވެގެން ނުވާނެ ކަމަށް ޝެއިޙް ހުސައިން ރަޝީދު އަޙްމަދު ވިދާޅުވެއްޖެ އެވެ.
ސެއިޙް ހުސައިން ރަޝީދު ވިދާޅުވީ ދުނިޔޭގެ އެންމެހައި މިސްކިތްތަކެއްގައި ދީނުގެ އެންމެހައި ޢިލްމުވެރިންގެ އިއްތިފާޤުން ފަތުވާ ލިބިގެން ނަމާދު ކުރާ މީހުން، ގައިދުރުކޮށް ތިބެ ނަމާދު ކުރަމުން ދާއިރު، ދިވެހިންގެ ދީނުގައި މިކަން ހުއްދަ ނުވި ކަމަށެވެ.
ސަފުގައި ކައިރިކައިރީގައި ތިބުމަކީ ނަމާދުގެ ފަރުޟަކަށް ނުވާހިނދު ދީނުގެ އެންމެހައި ޢިލްމުވެރިންގެ ރައުޔާއި ޢަމަލާ ޚިލާފަށް މިހާ ބާރަށް ރާއްޖޭގައި މިކަމުގެ ހުއްދަ ދެއްވަން ނުޖެހޭ ސަބަބެއްވެސް އޮންނަން ވާނެ ކަމަށާއި އިސްލާމްދީނަކީ ލުއިފަސޭހަ ދީނަކަށް ވާހިނދު އަޅުގަނޑުމެންނަށް އިސްލާންދީން މިހާ ބުރަ ތަކުލީފަކަށް ވެގެންއުޅޭ ސަބަބެއްވެސް އޮންނާނެ ކަމަށް ސެއިޙް ހުސައިން ރަޝީދު ވަނީ ވިދާޅުވެފައެވެ.
ޖަމާޢަތުގައި ނަމާދު ކުރާއިރު ކައިރި ކައިރީގައި ތިބެގެން ސަފު ހެދުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށާއި ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ މިސްކިތްތައް ބަންދުވެފައި ހުރުމަށްފަހު މިސްކިތްތައް ހުޅުވުމުގެ ހުއްދަދެއްވައި ރާއްޖޭގެ ދީނީ ކަންކަމާ ބެހޭ ފަރާތުން އަންގަވާފައިވަނީ ނަމާދު ޖަމާޢަތުގައި ކުރުން ހުއްދަވާނީ ސަފުގައި ކައިރިކައިރީ ތިބެގެން ކަމަށް ހުސައިން ރަޝީދު ވަނީ ވިދާޅުވެފައެވެ.
"ނިސާ ސޫރަތުގެ 102 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވަނީ ބިރުވެރިކަމުގެ ނަމާދު ކުރުމުގައި ހިނގަހިނގައި ތިބެގެންނާއި ހަށިފާރައަށް ތިބެގެން ނަމާދު ކުރުމަށެވެ. ބިރުވެރިކަމުގެ އެންމެހައި ނަމާދެއްގައި އެގޮތަށް ނަމާދު ކުރެވޭނެ ކަމަށް ދީނުގެ ޢިލްމުވެރިން ވަނީ ވިދާޅުވެފައެވެ." ހުސައިން ރަޝީދު ވިދާޅުވިއެވެ.
އެމްޑީޕީން މިހާރު ނެރެމުންދާ ޚަބަރު ސިޓީގެ ތިންވަނަ އަދަދު ގައި ޝެއިޙް ހުސައިން ރަޝީދު ލިޔުއްވާފައިވަނީ ދުނިޔެއަށް އައި ކޮރޯނާ ބޮޑު ވަބާ މިއޮތީ ބައިނަލްއަޤްވާމީ ވަބާއަކަށް ބަދަލުވެ ދުނިޔޭގެ ކުދިބޮޑު އެންމެހައި ޤައުމުތަކަށް ހަމަނޭވާ ނުލެވޭހިސާބަށް ދިރިއުޅުމުގެ ހުރިހާކަމެއް ގޮސްފައި ވާކަމަށެވެ. "ދުނިޔޭގެ ސިޔާސީ، އިޤްތިޞާދީ، ޞިއްޙީ މާހިރުން އެ އުޅުއްވަނީ ގޮތް ހުސްވެގެންނެވެ." ހުސައިން ރަޝީދު ލިޔުއްވާފައި ވެއެވެ.
ދުނިޔޭގެ އިޖްތިމާޢީ އެންމެހައި ޙަރަކާތްތަކެއް މިވަނީ ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި އިޤްތިޞާދު ފުނޑުފުނޑުވެގެން ދަނީކަމަށް ހުޝައިން ރަޝީދު ވަނީ ވިދާޅުވެފައެވެ.
ބަލިން ސަލާމާތްވާން އޮތްކަމަށް ކަމާބެހޭ ފަރާތްތަކުން ބުނަމުންދަނީ މާސްކު އެޅުމާއި ގައިދުރުކޮށް ތިބުން މިފަދަ އާދައިގެ ހަތަރުފަސް ކަމެއްގައި ހިފަހައްޓައިގެން ތިބުމަށް ކަމަށްވެސް ސެއިޙް ހުސައިން ރަޝީދު ވަނީ ވިދާޅުވެފައެވެ.





ހިޔާލު
ދުނިޔޭގެ އެންެމެ މޮޅު ޑރ އިޔާސު ބުނާ ގޮތް އެންމެ ރަނގަޅު ވާނީ. އޭނާ ރުޅި އައިސް ދާނެ. ވަރަށް ގޮތް ދޫ ނުކުރާ ކުއްޖެއް އެއީ.