ކަނޑުމަތީގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި 2 މީހަކު ފިހިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ދެންމެ ވިދާޅުވީ "މާލާފުށި 2" ނަމަކަށް ކިޔާ ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
މި ހާދިސާގައި 2 މީހަކު ފިހިފައިވާ ކަމަށާއި ލޯނޗުން ދަތުރުކުރީ 6 މީހުން ކަމަށްވެސް ފުލުހުން ވިދާޅުވުއެވެ. މި 2 މީހުންނަށްވެސް މިހާރު މާލިފުށި ރިސޯޓުގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި ލޯންޗު ރިސޯޓުން ފުރައިގެން މާލެ ދިއުމުގެ މަގުމަތީގައި ގުރައިދޫ އަށް ޖައްސަން ދަނިކޮށް އަލިފާން ރޯވެފައިވަނީ އެރަށު ބޭރުން ކަމަށެވެ.

ލޯންޗުގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވާކަމަށާއި، އަލިފާންގަނޑު ނިއްވާލެވުނީ ފުލުހުންނާއި މާލިފުށި ރިސޯޓުގެ މުވައްޒަފުން ގުޅިގެން ކުރި މަސައްކަތުން ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ.




