މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލް އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާއިރު، މިވަގުތު މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ، އެކަމާއި ނުރުހުން ފާޅުކޮށް، ޖުމައްޔިލްއަށް ފާޑުކިޔަމުންނެވެ.
މީގެ ހަތަރު އަހަރު ކުރިން ޖުމައްޔިލް އޭނަގެ ކޮއްކޮ، ރޭޕް ކުރި ކަމަށް ބުނެ މީސްމީޑިއާގައި ވަރަށް ތަފްސީލުކޮށް މި ވާހަކަތައް، އާނަގެ ކޮއްކޮ ކިޔާދީފައިވެއެވެ. މި ތުހުމަތަކާއެކު، ގިނަ ބަޔެއްގެ ނުރުހުން ޖުމައްޔިލުއަށް އަމާޒުވެފައި ވަނިކޮށް، އޭނަގެ ބައްޕަ، މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރ، އަހްމަދު ނިމާލް މި ވާހަކަތަކަށް ރައްދުދީ ކުރި ޓްވީޓުގައި ބުނީ، އޭނަގެ ދަރިއާއި ބެހޭގޮތުން މިހާރު ދައްކަމުން އެދަނީ، "އައުޓް އޮފް ޑޭޓް" ނުވަތަ މާ ކުރީގެ ވާހަކަތަކެއް ކަމަށެވެ.
ނިމާލް ކުރި ޓްވީޓްގައި ބުނީ، މި ދުވަސްވަރަކީ، "އައުޓް އޮފް ޑޭޓް" ވާހަކަތައް ހޯދައިގެންވެސް ޖަހާނެ ދުވަސްވަރެއް ކަމަށެވެ. އަދި މި ހަފްތާއަކީ މިއޮތީ "ރޭޕް" ހަފްތާއަށް ވެފައިކަމަށެވެ.
ނިމާލް މިހެން ބުނުމާއެކު، ގިނަ ބަޔަކު ދަނީ ނިމާލްގެ މިވާހަކައަށް ފާޑުކިޔާ އިތުރަށް ނުރުހުން ފާޅުކޮށްފައެވެ. އަދި އެއާއެކު ނިމާލް ފަހުން ވަނީ މި ޓްވީޓް ޑިލިޓްވެސް ކޮށްލާފައެވެ.

ދާދިފަހަކުން ސަފާރީއެއްގައި ދިވެހި ދެ ފިރިހެނުން ކެންޔާ އަންހެނަކު ރޭޕް ކުރި މައްސަލަ ހޫނު ވުމާއެކު، ސޯޝަލް މީޑިއާގައި އެތައް ދިވެހި އަންހެން ކުދިންނެއް އަންނަނީ މީގެ ކުރިން އެމީހުންނަށް ދިމާވެފައިވާ ހާދިސާތައް ހިއްސާ ކުރަމުންނެވެ.
ޖުމައްޔިލްގެ ދެބެންގެ ދެ ދަރި އަންހެން ކޮއްކޮ، ޖުމައްޔިލްގެ ފަރާތުން ކުރިމަތިވި ޖިންސީ ގޯނާއާއި އަނިޔާގެ ވާހަކަތައް އޭނާ މީސްމީޑިއާގައެވެ.، އެގޮތުން "ޒަހޫ" ނަމަކަށް ކިޔާ މި އަންހެން ކުއްޖާ ބުނި ގޮތުގައި، މީގެ ހަތަރު އަހަރު ކުރިން ހިނގި ބިރުވެރި ހާދިސާ، އަދިވެސް ހަނދާން ހުންނަ ކަމަށެވެ. އެގޮތުން ޒަހޫ މި ހާދިސާ ވަރަށް ތަފްސީލުކޮށް ކިޔައިދީފައި ވެއެވެ.
It took me a lot of courage to finally speak up about it.
TRIGGER WARNING: Sexual abuse,my own experience‼️It happened on December 2016.I was just a 17 year old girl then. To this day, I remember this horrendous night so vividly.Every second of it,as if it happened yesterday.
— zahu ? (@xahhuu) July 2, 2020
ޖުމައްޔިލް އޭނަ ރޭޕް ކުރި މައްސަލައިގައި، އެއިރު ޖުމައްޔިލު ހައްޔަރުވެސް ކުރިއެވެ. ނަމަވެސް ކޯޓަށް ފޮނުވާ ވަރަށް ހެކި ނެތުމުގެ ސަބަބުން އެމައްސަލަ ނުބަލަން ނިންމީ ކަމަށް ޕީޖީ އޮފީހުގެ ވަނީ ވިދާޅުވެފައެވެ. ނަމަވެސް، މި މައްސަލަ އަލުން ބެލުމަށް ޕީޖީ އޮފީހުން މިހާރު ވަނީ ނިއްމާފައެވެ.
އެގޮތުން ޖުމައްޔިލް އަށް ދައުވާ ނުކުރަން ނިންމި ނިންމުން އަލުން ރިވިއުކޮށް އެދައުވާ އަލުން ކުރެވޭނެތޯ ނުވަތަ ނޫންތޯ ބައްލަވާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވެފައިވެއެވެ.





ހިޔާލު
ރޭޕިސްޓުންނަށް ހައްގު އަދަބު ލިބެން ޖެހޭނެ