ރޭޕް އަށް ހިތްވަރު ނުދޭކަމަށްބުނެ، ޑާކް ރެއިން އިން ޖުމައްޔިލް އާއެކު މަސައްކަތް ނުކުރަން ނިންމައިފި

ޖިިންސީ ގޯނާގެ ތުހުމަތުތަކާއެކު ޑާކް ރެއިން އިން ޖުމައްޔިލް އާއެކު މަސައްކަތް ނުކުރަން ނިންމައިފިއެވެ.

ޑާރކް ރެއިން އެންޓަޓައެއިންމަންޓުން އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ، ޑާރކްރެއިން އެންޓަޓެއިންމަންޓުގެ ގިނަ ފިލްމުތަކަކުން ފެނިގެންގޮސްފައިވާ ޖުމައްޔިލް ނިމާލް އާ ގުޅިގެން ކޮށްފައިވާ ނުހަނު ކަންބޮޑުވާންޖެހޭ ތުހުތަމަތުތައް އެކުންފުންޏަށް އެނގިފައިވާކަމަށެވެ. އަދި މި ތުހުމަތުތައް އެކުންފުނީގެ ސަމާލުކަމަށް އައިސްފައިވަނީ ސޯޝަލް މީޑިއާގައި އެވާހަކަތައް އާންމުވި ހިސާބުންކަމަށްވެސް ޑާކް ރެއިންއިން ވިދާޅުވިއެވެ.

"މިކުންފުނިން ޖުމައްޔިލްއާއެކު އެންމެ ފަހުން ތައްޔާރުކުރި ފިލްމް އޭރުވަނީ ހުރިހާ މަސައްކަތެއް ނިމި، ކުރިން މިއަހަރު ޖުލައިގައި އަޅުވަން ތައްޔާރުވެފައެވެ. އަދި މިފަދަ އަމަލެއްގެ ތުހުމަތު ކުރެވުމާ ހަމައިން ޖުމައްޔިލާއެކު، މިހާރު ކުރުމަށް ހަމަޖެހިފައިވާ އެންމެހާ މަސައްކަތްތަކުން އޭނާ ވަކިކޮށްފައިވާކަން އާންމުކޮށް އަންގަމެވެ." ޑާރކް ރެއިންގެ ބަޔާނުގައިވެއެވެ.

އަދި ޑާރކް ރެއިން އެންޓަޓެއިންމަންޓް އަބަދުވެސް ޖިންސީ އަނިޔާއާއި، ރޭޕް ގެ އެއްވެސް އަމަލެއް އަދި އެކަމަށް ހިތްވަރުދޭ އެއްވެސް ވިސްނުމެއްވެސް ގަބޫލުނުކުރާނެކަމަށްވެސް އެކުންފުނީގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން ޑާރކް ރެއިންއިން މިބަޔާނުގައި ވިދާޅުވީ، މިފަދަ އަނިޔާގެ ޝިކާރައަކަށްވެފައިވާ އެންމެހާ ފަރާތްތަކަކާއެކު އަބަދުވެސް އެކުންފުނިންގ ވާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ