ރޭޕްގެ ތުޙުމަތާއެކު، އައިފިލްމްސްއިންވެސް ޖުމައްޔިލް ބޭރުކޮށްފި

ރޭޕްގެ ތުޙުމަތާއެކު، އައިފިލްމްސްއިންވެސް ޖުމައްޔިލް ބޭރުކޮށްފިއެވެ.

އައިފިލްމްސްއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ، ފިލްމީ ތަރި ޖުމައްޔިލް ނިމާލް އާ ގުޅިގެން މީސްމީޑިއާގައި ދެކެވެމުންދާ ރޭޕް ތުޙުމަތުތަކާއި ގުޅިގެން އޭނާ އެކުންފުނީގެ ޕްރޮޖެކްތަކުން ވަކިކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން ޖުމައްޔިލާއެކު، އެކުންފުނިންގ މިހާރު ކުރުމަށް ހަމަޖެހިފައިވާ އެންމެހާ މަސައްކަތްތަކުން އޭނާ ވަކިކޮށްފައިވާއިރު، އެކުންފުނީގެ ފިލްމްގެ ޕްރޮމޯޝަނަލް މަސައްކަތުގައިވެސް ޖުމައްޔިލްގެ ފޮޓޯ ބޭނުން ނުކުރާނެކަމަށް އައިފިލްމްސްގެ ބަޔާނުގައި ވެއެވެ.

އަދި ޖުމައްޔިލް އާއެކު އެކުންފުނިންގ ހަދާފައިވާ 'ނީނާ' ރިލީޒްކުރާނީ ނުވަތަ ސްކްރީނަށް ނެރޭނީ ހުރިހާ ގޮތަކުންވެސް ބެލުމަށްފަހުގައި ކަމަށްވެސް މިބަޔާނުގައިވެއެވެ.

އަދި އައިއިމޭޖްސްއަކީ ޖިންސީ ގޯނާއާއި ހާނިއްކައިގެ އިތުރުން ޖިންސީ ފުރައްސާރަ ކުރުމާ އަބަދުވެސް ދެކޮޅު ބައެއްކަމަށާއި، މިފަދަ ކަންކަމުގެ ޝިކާރައަކަށްވެފައިވާ ފަރާތްތައް ރައްކާތެރިކޮށް، މިފަދަ ނުބައި ޢަމަލު ހިންގާމީހުންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް އައިފިލްމްސްގެ ބަޔާނުގައިވެއެވެ.

އައިފިލްމްސްއިން ޖުމައްޔިލް ވަކިކޮށްފައިވާއިރު، ޑާކް ރެއިން އިންވެސް ޖުމައްޔިލް އާއެކު މަސައްކަތް ނުކުރަން ނިންމާފައެވެ. އެކަމާއި ގުޅިގެން ޑާކް ރެއިންސްއިން ނެރެފައިވާ ބަޔާނުގައި ވިދާޅުވީ، އެކުންފުންޏަކީ އަބަދުވެސް ޖިންސީ އަނިޔާއާއި، ރޭޕް ގެ އެއްވެސް އަމަލެއް އަދި އެކަމަށް ހިތްވަރުދޭ އެއްވެސް ވިސްނުމެއްވެސް ގަބޫލުނުކުރާނެ ބައެއްނޫންކަމަށެވެ.

ޖުމައްޔިލްއަަށް ކޮށްފައިވަނީ 2016 ވަނަ އަހަރު ތެރޭގައި އަމިއްލަ ދެބެއިންގެ ދެދަރި ކުއްޖަކު ރޭޕް ކުރިކަމުގެ ތުހުމަތެވެ. އަދި އެމައްސަލަ ޕީޖީ އޮފީހަށް ފޮނުވިނަމަވެސް، އެމައްސަލާގައި ޖުމައްޔިލްގެ މައްޗަށް ދައުވާކުރަން ނުފޮނުވާ އޮތީ ކޯޓުގައި އެކަން ސާބިތުކުރުމަށް އެކަށީގެންވާ ހެކި ނެތިގެން ކަމަށް ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ