މަޖިލީހުގެ ޖަލްސާއެއްގައި ރީކޯ މޫސަ ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: މަޖިލިސް

މިޤައުމުގައި ދިވެހިންނަށް ހިމާޔަތް އަބަދުވެސް އޮންނާނެ، މީ ދިވެހީންގެ ޤައުމު - ރީކޯ

މިޤައުމުގައި ދިވެހިންނަށް ހިމާޔަތް އަބަދުވެސް އޮންނާނެކަމުގައި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

ރީކޯ ވިދާޅުވެފައިވަނީ މީ ދިވެހިންގެ ޤައުމުކަމަށާއި، ދިވެހީން ރަހީނުކޮށްގެން ހިފެހެއްޓި ބަޔަކާމެދު ޤާނޫނީ ފިޔަވަޅުއަޅަންޖެހޭނެކަމަށެވެ.

"މުސާރަނުދީގެންވިޔަސް އެހެން ކަމަކުންވިޔަސް އިންސާނުން ރަހީނުކޮށް އަނިޔާކޮށްގެން ނުވާނެ،" ރީކޯ ވިދާޅުވެފައިވެއެވެ. މީގެ އިތުރުން މި ދިޔަމަހު ހުޅުމާލޭގައިވެސް ބަނގްލަދޭޝް މީހުންތަކެއް ވަނީ ފުލުހުންނަށް ހަމަލާދީފައިކަމަށް ރީކޯ ވިދާޅުވެފައިވެއެވެ.

"ދިވެހިންނަށް ހިމާޔަތް، އަޅުންނަށް ލަޓިބުރި" ކަމަށް ވިދާޅުވެ މީހަކު ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުން ރީކޯ ވިދާޅުވެފައިވަނީ ލަޓިބުރީގެ ވާހަކަ ހުއްޓާލުމަށާއި، މި ޤައުމުގައި ދިވެހިންނަށް ހިމާޔަތް އަބަދުވެސް އޮންނާނެ ކަމަށެވެ.

ރީކޯ އިތުރަށް ވިދާޅުވެފައި ވަނީ ބަންގްލަދޭޝް މީހުންނާއެކު މަސައްކަތްކުރާ ދިވެހިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާންޖެހޭކަމަށާއި، ފައިސާގެ އެކި މުއާމަލާތްތަކުގައާއި މަސައްކަތުގެ މައިދާނުގާ ތިބި ބައެއް ދިވެހިންނަށް ހަމަލާދީ ބަންގްލަދޭޝް މީހުން ދިވެހިންގެ ކަރުބުރިކޮށް ޝަހީދުކޮށްފައި އެބަހުރިކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ