ކުޅުދުއްފުށީ ގްރައިންޑަރު ވަގު ހޯދައި ހައްޔަރު ކޮށްފި

ހދ.ކުޅުދުއްފުށިގައި މަސައްކަތް ކުރަމުންދާ ސައިޓަކުން ވަގަށް ނަގާފައިވާ ދެ ގްރައިންޑަރު ހޯދައި، މިތަކެތި ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފިއެވެ.

މި މައްސަލާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީމީހާއަކީ ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ.

އެމީހާ ހައްޔަރުކޮށްފައިވަނީ ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައަކާ ގުޅިގެން މި ހިނގާ ޖުލައި މަހު 01 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ވަގަށް ނަގާފައިވާ ދެ ގްރައިންޑަރު ހޯދާފައިވަނީ ކުޅުދުއްފުށީ ފަޅުގެއެއްގެ ތެރޭގައި ފޮރުވާފައިވަނިކޮށެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި މައްސަލަ ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ