ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމް ޕްރޮޑަކްޝަން ހައުސް ޑާކްރެއިން ސްޓޫޑިއޯ އިން ބެލުންތެރިންނަށް ހާއްސަކޮށްގެން ޔޫޓިއުބް މެދުވެރިކޮށް “ޑާކް ރެއިން ޝޯޓްސް” ގެ ނަމުގައި ނެރޭ ކުރު ފިލްމް ސިލްސިލާގެ ތެރެއިން ގެނެސްދޭ ދެވަނަ ކުރު ފިލްމަކީ “އަނގުރު” ނެރެފިއެވެ.
ޑާކްރެއިން ޝޯޓްސްގެ ފުރަތަމަ ކުރު ފިލްމް “ދައުވަތު” ރިލީޒްކޮށްފައިވަނީ އޮކްޓޯބަރ 1 ގައެވެ.
މިއަދު ރިލީޒްކުރި ކުރުފިލްމް “އަނގުރު”ގެ ކާސްޓުންގެ ގޮތުގައި ފެނިގެންދިޔައީ ކާމިޔާބު އެކްޓަރު ރޯނު ހަސަން މަނިކާއި، ބައިސްކޯފުން ދާދިފަހަކުން ނިއްމާލި ސީރީޒް “އެހެނަސް” އިން ފެނިގެންދިޔަ އެކްޓްރެސް ޝިލްނާ ނަދީހްއެވެ.
ދިހަ ވަރަކަށް މިނެޓްގެ ކުރު ފިލްމެއް ކަމުގައިވީނަމަވެސް ބެލުންތެރިން ޝައުގުވެރިވާފަދަ ކަންކަން ހިމަނާފައިވެއެވެ. އަދި ރަނގަޅު އިބުރަތެއްވެސް މި ފިލްމުން ލިބިގެންދެއެވެ.
ޑާކް ރެއިން ޝޯޓްސްގެ ފުރަތަމަ ކުރު ފިލްމް، ދައުވަތު”ގެ ކާސްޓުންގެ ގޮތުގައި ފެނިގެންދިޔައީ، އަހްމަދު ސުނީ އާއި މި ދާއިރާއަށް ތައާރްފްވާ ޒުވާން ބަތަލާ މަރިޔަމް ޝިފާ، އަދި ބަތަލު ހޫދު އިބްރާހިމެވެ.
ޑާކް ރެއިން “ޝޯޓްސް” ގެ ނަމުގައި ޑާކްރެއިންއިން ގިނަ ފިލްމްތަކެެއް ގެނެސްދޭނަ ވަނީ ރާވާފައެވެ.



