ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު | ފޮޓޯ: ފޮރިން މިނިސްޓްރީ

ގަވާޢިދާ ހިލާފަށް އުޅެމުންދިޔަ 3269 ބަންގުލަދޭޝް މީހުން ރާއްޖެއިން ފުރުވާލެވިއްޖެ : ފޮރިން މިނިސްޓްރީ

ގަވާޢިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 3269 ބަންގުލަދޭޝް މީހުން މިހާތަނަށް ރާއްޖެއިން ބަންގުލަދޭޝް އަށް ފުރުވާލެވިފައި ވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސައްހަ ލިޔެކިޔުން ނެތި، ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމަށް ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން މިއަދުގެ ނިޔަލަށް 3269 މީހަކު ވަނީ އަނބުރާ ބަންގްލަދޭޝްއަށް ފޮނުވާލެވިފައި ކަމަށެވެ.

އެގޮތޮން މިއަދުވެސް މާލެއިން ޑާކާއަށް ދިޔަ މޯލްޑިވިއަންގެ ފްލައިޓްގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބަންގަލަދޭޝްގެ 187 މީހަކު އަނބުރާ ފޮނުވާލެވިފައި ވާކަމަށް ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ގަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތުގައި ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮވިޑް-19 ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުންދާއިރު، ރާއްޖޭގައި މި ބައްޔަށް އެންމެ ގިނަ އިން ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް މަސައްކަތްތެރިން އުޅެމުންދާ އިރު، އޭގެ ތެރޭގައި ޤާނޫނާ ޚިލާފަށްވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ އުޅެމުންނެވެ. މިހާތަނަށް ރާއްޖެއިން 1256 ބަންގުލަދޭޝް ރައްޔިތުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ