އައިޖީއެމްޗުން ކޮވިޑް-19 ގެ އިތުރު ދެ ކޭސް ފެނި، އައިސީޔޫ ބަންދުކޮށްފިއެވެ.
ފަހުން ފެނުނު މިދެކޭސްއަކީވެސް އައިޖީއެމްއެޗުގައި ނިޔާވި، އުމުރުން 39 އަހަރުގެ އިންޑޮނޭޝިއާ މީހާގެ ކޭސްއާ ގުޅުންހުރި ދެ މީހުންނެވެ. އެހޮސްޕިޓަލްގައި ނިޔާވި އިންޑޮނޭޝިއާ މިހާއާއި ގުޅިގެން މީގެކުރިންވެސް އެހޮސްޕިޓަލުން ފަސް މީހަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެއީ ތިން ނަރުހަކާއި އައިސީޔޫގައި އޮތް ދެމީހަކެވެ.
އަޖީއެމްއެޗްގައި ނިޔާވި އިންޑޮނޭޝިޔާ މީހާމަރުވިފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވީނަމަވެސް އޭނާ މަރުވި ސަބަބަކީ ކެންސަރުބަލިކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ. އެޗްޕީއޭއިން ވިދާޅުވީ ޢުމުރުން 39 އަހަރުގެ އެ ފިރިހެން މީހާ މަރުވީ ކެންސަރުގެ 4 ވަނަ ސްޓޭޖްގައި އޮއްވައިކަމަށެވެ.
އައިޖީއެމްއެޗުއިން ވިދާޅުވި ގޮތުގައި މަރުވި އިންޑޮނޭޝިއާ މިހާއާއި އެހޮސްޕިޓަލްގެ 8 މުވައްޒަފަކުވަނީ ޑައިރެކްޓް ކޮންޓެކްވެފައެވެ. އަދި ހަތަރު މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށްވެސް އައިޖީއެމްއެޗްއިންވަނީ ވިދާޅުވެފައެވެ.
އައިޖީއެމްއެޗްއިން ވިދާޅުވީ މުވައްޒަފުންނާއި ބަލިމީހުން ޓެސްޓްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށާއި، އެގޮތުން ޓެސްޓު ކުރުމުގެ ބޮޑުބައި މިހާރު ނިމިފައިވާއިރު، ހަތަރު މުވައްޒަފެއްގެ ނަތީޖާ ޕޮޒިޓިވްވެފައިވާކަމަށްވެސް އެހޮސްޕިޓަލްއިން ވިދާޅުވިއެވެ.
އެ ހޮސްޕިޓަލްގެ އައިސިޔޫއިން ބަލިމީހުން ނެރެ މިވަގުތު އެތަންވަނީ ހުސްކޮށްފައެވެ. އަދި މުވައްޒަފުނާއި ބަލި މީހުން އެތަންނަށް ވެއްދުން މަޑުޖައްސާލައި، އައިސީޔޫގެ ފަރުވާދޭނެ އިންތިޒާމް އެހެން ތަނެއްގައި މިހާރު ހަމަޖައްސާފައިވާކަމަށްވެސް އެހޮސްޕިޓަލްއިން ވިދާޅުވެއެވެ.
އައިޖީއެމްއެޗުގެ ތިން ނަރުހަކާއި އައިސީޔޫގައި އޮތް ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެhttps://t.co/S3tvJT0jKS
— Feshun (@feshunonline) July 3, 2020
								
											

