ޝެއިޚް އިލްޔާސް ޙުސައިން - ފޮޓޯ: ދެން

ސިޔާސީ ހައްދުފަހަނަ އެޅުން ހުއްޓުވަން ޖެހޭ - އިލްޔާސް

ސިޔާސީ ހައްދުފަހަނަ އެޅުން ހުއްޓުވަން ޖެހޭ ކަމުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޢިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

އިލްޔާސް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ 3 ބާރު ވަކިކޮށް ނިޒާމް އެކުލަވާލާ ކޮންމެ ބާރެއްގެ މިންތަކާއި އިންތައް ކަނޑައެޅި ބަޔާން ވެފައި ވާކަމަށެވެ. ޝެއިޚް ވަނީ ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން މަޖިލީހުން ޖިނާއީ ތަޙްޤީޤު ހިންގާ ސަރުކާރުގެ ވުޒާރާތަކަށް ހިންގުމުގެ އަމުރު ކުރާ ހިސާބަށް ދިއުމަކީ ހައްދުފަހަނަ އެޅުން ކަމުގައި ޝެއިޚް ވަނީ ފާހަގަ ކުރައްވާފައެވެ.

"ސިޔާސީ ހައްދުފަހަނަ އެޅުން ހުއްޓުވަން ޖެހޭ" ޝެއިޚް ވިދާޅުވެފައިވެއެވެ.

ޝެއިޚް މަޖިލީހުގެ މަސައްކަތްތަކަށް ފާޑު ވިދާޅުވެފައިވާއިރު، އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ތެރެއިންވެސް ގިނަ ބަޔަކު ދަނީ މަޖިލީހުން ކުރާ ބައެއް ކަންތައްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ