ކައިގެ ނަމުގައި ފޭކް ޓްވިޓަރ އެކައުންޓެއް، ސަމާލުވޭ!

ރާއްޖޭގެ އެންމެ މަޝްހޫރު މޮޑެލް ކައިޒީން (ކައި)ގެ، ނަމުގައި ހިންގަނީ ފޭކް ޓްވިޓަރ އެކައުންޓެއް ކަމަށް ކައި ހާމަކޮށްފިއެވެ.

ކައި ބުނިގޮތުގައި، އޭނަގެ ނަމުގައި ހިންގަމުންދާ ޓްވިޓަރ އެކައުންޓްއާއި ބެހޭގޮތުން ވަރަށް ގިނަ މީހުންގެ ފަރާތުން ސުވާލުތައް އަންނަ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ވަރަށް ގިނަ މީހުންނަށް އޮޅުންއަރާފައިވާ ކަމަށް ކައި އޭނަގެ އިންސްޓަގްރަމްގައި ހިއްސާކުރިއެވެ. ނަމަވެސް އޭނަގެ ނަމުގައި ޓްވިޓާގައި ހަދާފައިވާ އެކައުންޓްއަކީ ފޭކެއް ކަމަށާއި، އަދި ދުވަހަކުވެސް ޓްވިޓާ ބޭނުންކޮށްފައި ނުވާނެކަމަށް ކައި ބުންޏެވެ.

އެހެންކަމުން، އެ އެކައުންޓް ހިންގާ ފަރާތުން، އެކައުންޓް ޑިއެކްޓިވޭޓް ކުރުމަށް ނުވަތަ ފޭން އެކައުންޓަކަށް ބަދަލުކުރުމަށް ކައިޒީންވަނީ އިހްތިރާމާއެކު އެދިފައެވެ.

ކައިގެ ނަމުގައި ހަދާފައިވާ މި ޓްވިޓާ އެކައުންޓްގައި ކައިގެ ހާއްސަ ހަބަރުތައް ހިއްސާކޮށްފައިވާއިރު، ކައިގެ ނަމަށް ހުތުރު އަރާފަދަ އެއްވެސް ކަމެއް ކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ކައި އަކީ، މިވަގުތު ރާއްޖޭގައި ހުރި އެންމެ މަޝްހޫރު އެއް މޮޑެލް ސެލެބްރިޓީއެވެ. އަދި ދާދިފަހަކުން ކައިގެ އިންސްޓަގްރާމް އެކައުންޓްގެ ފޮލޯވާސްގެ އަދަދު 100،000 އަށް އެރުމާއެކު އެކަމުގެ އުފަލުގައި 3000 ޑޮލަރު، ގިވްއަވޭ ހަދިޔާއެއް އެންމެ ބޭނުންޖެހިފައިވާ 3 ފަރާތަކަށް ކައި ވަނީ ދީފައެވެ. އެއާއެކު ކައި އަށް ލިބެމުންދިޔަ ސަޕޯޓާއި ލޯބި ވަނީ އިތުރުވެފައެވެ.

މިލިޔުން ކިޔާލުމުން
1223
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ