ގދ. ތިނަދޫ - ފޮޓޯ: އިފާޒް (ޓްވިޓާ)

ތިނަދޫއަށް ވަރަށް ބޮޑަށް އުދައަރައިފި

ގދ. ތިނަދޫއަށް ވަރަށް ބޮޑަށް އުދައަރައިފިއެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ޢަލީ އަމްޖަދު މިނޫހަށް ވިދާޅުވީ، މިއަދު 10:00 އެހާއިރު ފެށިގެން މެންދުރު ފަހުގެ 02:40 ހާއިރުވަންދެއް އެރަށަށް ވަރަށް ބޮޑަށް އުދަ އަރާފައިވާކަމަށެވެ. އަދި އުދައެރުން މިވަގުތަށް މަޑޫ ޖެހިފައި އޮތީ ދިޔަވަރު އަޑިވެފައި އޮތުމާއެކުގައިކަމަށާއި، ރޭގަނޑު ދިޔަ ބޮޑުވާ ވަގުތު އަދިވެސް އުދައެރުމުގެ ފުރުޞަތު އެބައޮތްކަމަށް އަމްޖަހު ވިދާޅުވިއެވެ.

އަމްޖަދު ވިދާޅުވީ، ތިނަދޫ ބަނދަރުގައި އަބަދުވެސް ގިނަ އަދަދެއްގެ ޑިންގީ އާއި ލޯންޗު ފަހަރުގެ އިތުރުން ދޯނި ފަހަރު ވެސް އަޅާފައި އޮންނަކަމަށާއި، އުދައެރުމުން އެތަކެއްޗަށް ލިބޭ ގެއްލުން ކުޑަވަނީ ބަނދަރު ސަރަޙައްދުގައި އަބަދުވެސް ރައްޔިތުން ފޯރިއަށް ހުންނާތީކަމަށެވެ. އެހެން ނޫންނަމަ ރައްޔިތުންގެ މުދަލަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ވާނެކަމަށް އަމްޖަދު ވިދާޅުވިއެވެ.

މީގެއިތުރުން އަމްޖަދު ވިދާޅުވީ، އުދައެރުމުގެ މައްސަލަ އެރަށަށް ކުރިމަތިވެފައިވަނީ ވަރަށް ފަހަކުން އައިސްކަމަށާއި އެގޮތުން ދިޔަވާބޮޑުވާ ދުވަސްވަރު އެރަށަށް އަބަދުވެސް ކުޑަކޮށްނަމަވެސް އުދައަރާކަމަށެވެ. އޭގެ ސަބަބަކީ އެސަރަޙައްދުގައި ބޭރު ތޮއްޓެއްނެތުމާއި، ޖެޓީ ތިރިވުންކަމަށްވެސް އަމްޖަދު ފާޙަގަކުރެއްވިއެވެ.

އަމްޖަދު ވިދާޅުވީ، މިކަމުގެ ޝަކުވާ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާނެކަމަށާއި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ވެސް އެކަން ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި އުއްމީދަކީ އެކަމަށް ވަރަށް އަވަސް ހައްލެއް ލިބުން ކަމަށްވެސް އަމްޖަދު ވިދާޅުވި އެވެ.

އަމްޖަދު ވިދާޅުވި ގޮތުން މިފަހަރު އެރަށަށް އުދައަރާފައި މިވަނީ އެހެން ފަހަރުފަހަރަށްވުރެ ބޮޑުކޮށެވެ. އަދި މިއަށްވުރެ އިތުރަށް ދިޔަ ބޮޑު ވެއްޖެނަމަ ރަށުތެރެއަށް މީހުން އުޅޭ ސަރަޙައްދަށް އުދައިގެ އަޞަރުކުރުން އެކަށީގެންވާކަމަށްވެސް އަމްޖަދު ވިދާޅުވިއެވެ.

ތިނަދޫއަށް އުދައަރަމުންދާ މަންޒަރު މީސްމީޑިއާގައި މިހާރު ޙިއްސާކޮށްފައިވާއިރު، ވީޑިއޯތަކުން ފެންނަ ގޮތުގައި ބަނދަރުގެ ލޮނުގަނޑާއި ޖެޓީ އޮތީ ގާތްގަނޑަކަށް އެއްހަމައެއްގައެވެ. އަދި ލޯޑަރެއްގެ އެހީގައި އެމްޓީސީސީގެ ފެރީއަށް މީހުން އަރަމުންދާ މަންޒަރުފެނެއެވެ. މުޅި ބަނދަރު ސަރަޙައްދުގައި އޮތީ ލޮނުގަނޑު ހެދިފައެވެ.

Gdh havaru thinadhoo ah bodukoh udha aranee ???????

Posted by Ibrahim Mohamed on Sunday, July 5, 2020

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ