އެކަފަހަރު އެކި ގޮތަށް ކުށުގެ މާހައުލުގައި ފުލުހުން ޢަމަލު ކުރައްވަނީ ކީއްވެގެންތޯ މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ސުވާލު ކުރައްވައިފިއެވެ.
ފުލުހުންނަށް ހުށަހެޅޭ ހައްސާސީ މައްސަލަތަކުގެ ތެދު މައުލޫމާތު އަވަހަށް ރައްޔިތުންނާއި ހިއްސާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުލުހުންގެ ކިބައިން އެދިވަޑައިގަތުމާއި ގުޅިގެން އަލްހާން ކުރެއްވި ޓްވީޓެއްގައި ިވަނީ ސަފާރީގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލާގައި ގޮތް ނިންމެވި އޮފިސަރުން ޒިންމާދާރު ކުރުވުމާއި ބެހޭ ގޮތުން ސުވާލު ކުރައްވާފައެވެ.
"ސުވާލަކީ ޕްރޮފެޝަނަލް މިންގަނޑުން ބޭރުވެފައިވާކަން ސާފުކޮށް މިހާރު ފެންނަން މިއޮތް ސަފާރީ ރޭޕް ކޭސް މައްސަލާގައި ގޮތް ނިނެމެވި އޮފިސަރުން ޒިންމާދާރު ކުރުވުން އޮތީ ކިހާ ހިސާބެއްގަތޯ؟ އެކިފަހަރު އެކި ގޮތަށް ކުށުގެ މާހައުލުގައި ފުލުހުން ޢަމަލު ކުރައްވަނީ ކީއްވެގެންތޯ؟" އަލްހާން ވިދާޅުވެފައިވެއެވެ.
ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމުގެ މަސައްކަތްތައް ކުރައްވާނެ ކަމުގައި މީގެ ކުރިންވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ފުލުހުންގެ ޚިދުމަތުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާއިރު، މި ބިލަށް ވާހަކަ ފުޅު ދައްކަވަމުން ގިނަ މެންބަރުންތަކެއް ވަނީ ފުލުހުންނަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒު ކުރައްވާފައެވެ.




ހިޔާލު
ތިޔަކަން ވަރަށް ސާފު އެހެން ނޫންތޯ؟ އެމައްސަލައަކަށް އަނގައިން ނުވަތަ ފުރަގަސް ފަރާތުން ވަންނަ ސިޔާސީ ނުފޫޒެއްގެ ސަބަބުން.