ރާމޯސްގެ 10 ވަނަ ލަނޑާއެކު ރެއަލްމެޑްރިޑް ތައްޓާއި ގާތަށް

މިސީޒަންގެ ލަލީގާގައި ރެއަލްމެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ކާމިޔާބުކޮށްދިން 10 ވަނަ ލަނޑާއެކު އެކްލަބުން ތައްޓާއި ގާތަށް ޖެހިލައިފިއެވެ.

  • ރެއަލްމެޑްރިޑް 2019/20 ސްޕެނިޝް ލަލީގާގެ ތަށި ކަށަވަރުކުރަން ދެން ބޭނުންވަނީ 3 މޮޅު.
  • ކޮވިޑް-19 އަށްފަހު ރެއަލްމެޑްރިޑުން ކުޅުނު 7 މެޗުން ރާމޯސްވަނީ 5 ލަނޑު ކާމިޔާބުކޮށްފައި.
  • ރޭ ފެނިގެންދިޔަ ލަނޑަކީ ރާމޯސް މިސީޒަންގެ ލަލީގާގައި ޖެހި 10 ވަނަ ލަނޑު.
  • ރާމޯސްވަނީ އޭނާ އެންމެފަހުން ޖެހި 22 ޕެނަލްޓީވެސް ކާމިޔާބުކޮށްފައި. (ރެއަލްމެޑްރިޑާއި، ސްޕެއިން ހިމެނޭ ގޮތަށް).
  • ރޭ ފެނިގެން ދިޔައީ ކޮވިޑް-19 އަށްފަހު ރާމޯސް ކާމިޔާބުކުރި 3 ވަނަ ޕެނަލްޓީ.

ރާމޯސްގެ 10 ވަނަ ލަނޑު ފެނިގެން ގޮސްފައިވަނީ ރޭ އެތުލެޓިކް ކްލަބާއި ދެކޮޅަށް ރެއަލްމެޑްރިޑް ކުޅުނު މެޗުގައެވެ. ސެން މެމްސް ސްޓޭޑިއަމްގައި ކުޅެވުނު މިމެޗު ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީފައިވަނީ ރެއަލްމެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. 73 ވަނަ މިނަޓްގައި ރާމޯސް ކާމިޔާބުކޮށްދިން މިލަނޑަކީ އޭރިއާ ތެރެއިން އެތުލެޓިކް ކްލަބުގެ14 ނަންބަރު ޑެނީ ގާސިއާ ރެއަލްމެޑްރިޑްގެ ޑިފެންޑަރު މާސެލޯއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. ރެފްރީ މިޕެނަލްޓީ ދީފައިވަނީ ވީއޭއާރު ބެލުމަށްފަހުގައެވެ.

މިއީ މިސީޒަންގެ ލަލީގާގައި ރާމޯސް ކާމިޔާބުކޮށްދިން 10 ވަނަ ލަނޑެވެ. ކޮވިޑް-19 އަށްފަހު ރެއަލްމެޑްރިޑުން ކުޅުނު 7 މެޗުން ރާމޯސްވަނީ 5 ލަނޑު ކާމިޔާބުކޮށްފައެވެ. މިހުރިހާ މެޗަކުންވެސް ރެއަލްމެޑްރިޑްވަނީ މޮޅުވެފައެވެ.

ލަނޑުޖަހާނެ މަދު ފުރުޞަތުތަކެއް ލިބިގެންދިޔަ ރޭގެ މެޗުގައި ރެއަލްމެޑްރިޑްގެ ކީޕަރު ކޯޓުއާއަށް ދިފާޢުކުރަން ޖެހިފައިވަނީ އެތުލެޓިކް ކްލަބުގެ އެންމެ ހަމަލާއެކެވެ.

ލީގުގައި ރެއަލްމެޑްރިޑަށް ބާކީ 4 މެޗު އޮތްއިރު، ތަށި ކަށަވަރުކުރަން އެކްލަބު ބޭނުންވަނީ ތިން މޮޅެވެ. 34 މެޗުން ލިބުނު 77 ޕޮއިންޓާއެކު ރެއަލްމެޑްރިޑް އޮތްއިރު ދެވަނާގައި ވާދަވެރި ބާސެލޯނާ އޮތީ 73 ޕޮއިންޓާއެކުގައެވެ.

ރެއަލްމެޑްރިޑުން އެންމެފަހުން ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Andheri andhiri

    Rangalhu gothakee realmadrid enme fahun league kaamiyaabu kuree 2016

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ