ޕެޕް ގާޑިއޯލާ ޕްރިމިއާ ލީގު އެންމެ މޮޅު ކޯޗު ޓްރޮފީއާއެކު- ފޮޓޯ: ދަސަން

އީޕީއެލް – އެންމެ މޮޅު ކޯޗަކަށް ގާޑިއޯލާ

ޕްރިމިއާ ލީގުގެ މިސީޒަންގެ އެންމެ މޮޅު ކޯޗަކަށް ގާޑިއޯލާ ހޮވިއްޖެއެވެ.

މީގެ ކުރިން ބާސެލޯނާއަށްވެސް އަދި ބަޔާނަށްވެސް ކޯޗުކަން ކޮށްދީފައިވާ ގާޑިއޯލާގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ސިޓީން މިސީޒަންގެ ޕްރިމިއާ ލީގުވެސްވަނީ ކާމިޔާބުކޮށްފައެވެ. މުޅި ލީގުގައި ޖުމްލަ 98 ޕޮއިންޓް ސިޓީން ހޯދާފައިވެއެވެ.

ލީގު މެނެޖާރަސް އެސޯސިއޭޝަންއިން އުމުރުން 48 އަހަރުގެ ގާޑިއޯލާއަށް މިޝަރަފު އަރުވާފައިވާއިރު މިދޔަ ސީޒަނުގެވެސް ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ގާޑިއޯލާއެވެ.

ގާޑިއޯލާގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގައިވެސް ސިޓީންވަނީ ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. ޖައްސަ ޖައްސައިގެން އެންމެ މޮޅު ކޯޗުގެ މަޤާމު ހޯދި ގާޑިއޯލާގެ ސީޓީން ޖައްސަ ޖައްސައިގެން ޕްރިމިއާ ލީގުވެސްވަނީ ކާމިޔާބުކޮށްފައެވެ. ގާޑިއޯލާގެ އިތުރުން މިލީގު ޖައްސަ ޖައްސައިގެން ކާމިޔާބުކޮށްފައިވާ ކޯޗުންނަކީ އެލެކްސް ފާގަސަން އަދި ހޯސޭ މޮރީނިއޯއެވެ.

"މިއެވޯޑް ލިބުމަކީ ލިބުނު ފަޚުރެއް" ގާޑިއޯލާ ބުންޏެވެ.

އަދި ލިބޭ ހުރިހާ ޓްރޮފީއަކީވެސް މުޅި ޓީމާއި މުޅި ސްޓާފުންވެސް ޙިއްސާވާ އެއްޗެއްކަމަށް ގާޑިއޯލާވަނީ ބުނެފައެވެ.

މިސީޒަންގައި އަދި އެއްތަށި ކާމިޔާބުކުރުމުގެ ފުރުޞަތު ގާޑިއޯލާއަށް އެބައޮތެވެ. ސިޓީން މިސީޒަންގެ އެފްއޭ ކަޕް ފައިނަލަށް ސިޓީ ދަތުކުރުކޮށްފައިވާއިރު އަނެއްކޮޅުން ދަރުތުކޮށްފައިވަނީ ވެޓްފޯޑެވެ. މިދެޓީމު ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރުދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ