ހުޅުމާލެ- ފޮޓޯ: އެޗްޑީސީ

މުސާރަ ނުދީގެން ހުޅުމާލޭގައި ބިދޭސީންތަކެއް މުޒާހަރާ ކުރަނީ

މުސާރަ ނުދީގެ ހުޅުމާލޭގައި ބިދޭސީންތަކެއް މުޒާހަރާ ކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މިއަދު 12:00 އެހާކަންހާއިރު ބިދޭސީންތަކެއް މުސާރަ ނުދޭތީ އެމީހުން މަސައްކަތް ކުރާ ކުންފުނީގެ އޮފީސް ކައިރިޔަށް އެއްވެފައިވާ ކަމަށެވެ. އަދި ފުލުހުން ގޮސް ވާހަކަ ދެއްކެމުން އެމީހުން އެތަނުން ގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ

ދަޢުރު ވަމުންދާ މި މުޒާހަރާއާއި ގުޅޭ ވީޑިއޯތަކުގައި ފެންނަ ގޮތުން އެ ސަރަހައްދުގައި ކޮންމެ ވެސް ވަރަކަށް ފުލުހުންނާއި އެއްވެފައިވާ މީހުންނާ ދެމެދު ވަނީ ހަމަނުޖެހުންތަކެއް ހިންގާފައެވެ.

ފުލުހުން ވިދާޅުވެފައިވަނީ އެ ސަރަހއްދުގައި ހަމަނުޖެހުން ހިންގަން މަސައްކަތްކުރި ބައެއް މީހުން ފުލުހުން ވަނީ އެ ސަރަހައްދުން ދުރަށް ފޮނުވާލައިފައިކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ