ޕީއެންސީ އުފެއްދުމުގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އަވަސް

"ފެއިލް ވެއްޖެ" ކަމަށްބުނެ އިދިކޮޅުން މާލޭގައި ރެލީއެއް ބާއްވަނީ

"ފެއިލް ވެއްޖެ" ގެ ނަމުގައި ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކުން މާލޭގައި ރެލީއެއް ބާއްވާކަން އިއުލާންކޮށްފިއެވެ.

އިދިކޮޅު ޕީއެންސީގެ ރައީސް، ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުއްރަހީމް އާބްދުﷲ ވިދާޅުވީ، "ފެއިލްވެއްޖެ" ގެ ނަމުގައި ޕްރޮގްރެސިވް ކޯލިޝަނުން ބާއްވާ ޚާއްޞަ ރެލީ17 ޖުލައި2020 ވާ ހުކުރު ދުވަހު ކާނިވަލް ސަރަހައްދުގައި އޮންނާނެ ކަމަށެވެ.

އިދިކޮޅު ޕީއެންސީގެ ރައީސް މިހެން ވިދާޅުވިއިރު، ކޮވިޑް-19 ގެ މި ދަނޑިވަޅުގައި ސަރުކާރުން ކަންކަން ކުރަމުންދާގޮތަށް އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

މި ރެލީ އިންތިޒާމުކުރާ ވަގުތަކީ ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި މައްސަލައިގައިވެސް ސަރުކާރުން ޢަމަލުކުރަމުންދާ ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެކެވެ. މީގެ އިތުރުން ކޮވިޑް-19 އަށްފަހު ފަތުރުވެރިކަމަށް ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށްބުނެވެސް ޕީއެންސީގެ އިސް ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ