ފުއްޕާމޭގައި ކާ އެތިކޮޅެއް ތާށިވެ ކުޑަކުއްޖަކު އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ

ފުއްޕާމޭގެ ނޭވާލާ ހޮޅިއެއްގެ ތެރޭގައި ކާ އެތިކޮޅެއް ތާށިވުމާއި ގުޅިގެން ފަސް އަހަރުން ދަށުގެ ކުޑަކުއްޖަކު އޮޕަރޭޝަނެއް ކުރަންޖެހިއަޖެއެވެ.

އައިޖީއެމްއެޗުގެ ފުއްޕާމޭގެ ބަލިތަކާ ބެހޭ ޑިޕާޓްމަންޓުން އިއްޔެ ބުނެފައިވަނީ، ރޯގާ ޖެހި ނޭވާލާން އުނދަގޫވުމުން، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ސީޓީ ސްކޭނެއް ހެދުމުން، ކާ އެތިކޮޅެއް ނޭވާލާ މައި ހޮޅިއަށް ވުރެ ވެސް އެތެރޭގައި ތާށިވެފައި ހުރިކަން އެނގުނު ކަމަށެވެ. އެހެންކަމުން މި އެތިކޮޅު ނަގަން ޑޮކްޓަރުން މަސައްކަތްކުރި ނަމަވެސް ގަނޑުކޮށްގެން ވެސް އެ އެތިކޮޅު ނެގޭ ގޮތެއް ނުވި އެވެ. ގިނަ ދުވަސްވީމަ މަސް އަރާފައި އިނީމަ ނުނެގުނީކަމަށާއި މި އެތިކޮޅު ނަގަން އުޅުމުގެ ތެރޭގައި ކުއްޖާގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައިި ތިން ދަވަހު ފަރުވާ ދިން ކަމަށް ފުއްޕާމޭގެ ބަލިތަކާ ބެހޭ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.

މި ކާއެތިކޮޅުނަގަން އިތުރަށް އައިޖީއެމްއެޗުން މަސައްކަތެއް ނުކުރާނެކަމަށާއި ރާއްޖެއިން ބޭރަށް ގޮސް ބޮޑު ސާޖަރީއަކުން ނެގޭނެއެވެ. އަދި މިގޮތައް ނުނެގިއްޖެނަމަ ދެން އޮތްގޮތަކީ ފުއްޕާމޭ ހުޅުވައި އެ ކާ އެތިކޮޅާއެކު ނެގުން ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ