ސިފައިންނާއި ފުލުހުންގެ ފުލެޓު ތަކުގެ މަސައްކަތުގައި ގޮތް ނޭނގޭ ބޮޑެތި ޖަރީމާތަކެއް އެބަ ހިނގާ ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ޔައުޤޫބު ވިދާޅުވީ ޕޮލްކޯ، ސިފްކޯ އަދި ކޮންޓްރެކްޓަރ ގުޅިގެން މިހިނގާ ޖަރީމާއިން ފުލުހުންނާއި ސިފައިން ސަލާމަތް ކުރައްވާނެ ކަމަށްވެސް ޔައުޤޫބު ވިދާޅުވިއެވެ.
މި ޖަރީމާތަކުން ސިފައިންނާއި ފުލުހުން ސަލާމަތް ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށާއި އެކަން ކުރައްވާނީ ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ކަމަށްވެސް ޔައުޤޫބު ވިދާޅުވިއެވެ. އަދި ފުލުހުންނާއި ސިފައިން މިކަމަށް ސަމާލުވެ ތިއްބެވުމަށް ޔައުޤޫބު ވަނީ ގޮވާލައްވާފައެވެ.
Sifainnai fuluhunge flat thakuge masakkathugai goineyngey bodethi jareemaathakeh ebahingaa. Polco/Sifco/Contractor gulhigen mihingaa jareema in fuluhunnaai sifain salaamaikuraanan. Ekan kuraanee majlis therein MDP memberun. Fuluhunnai sifain mikamah samaaluve thibbevun edhen. pic.twitter.com/VwdEuaadcw
— Yaugoob Abdulla (@Yaugoob181) July 8, 2020
ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅަމުން އަންނަ ފްލެޓްތަކުގެ މަސައްކަތް އާރުސީސީއާ ހަވާލުކުރަން ތައިލެންޑްގެ ކޮންޓްރެކްޓަރު، އައިލެންޑް އެކްސްޕާޓުން ވަނީ ނިންމާފައެވެ. އެގޮތުން ސަބްކޮންޓްރެކްޓަށް އާރްސީސީ އަށް މި މަސައްކަތް ހަވާލު ކުރުމަށް ވަނީ މަސްވަރާކޮށް ނިމިފައެވެ. އާރްސީސީ އަކީ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ހިއްސާ އޮންނަ ކޮންފުންޏެކެވެ.
މި ފްލެޓު ތަކަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ގައި އިމާރާތް ކުރަން ފެށި ފްލެޓު ތަކެކެވެ. މި ފްލެޓުތައް އިމާރާތް ކުރަން ފުރަތަމަ ހަވާލުކުރީ ނޫމަޑިއާ އެވެ. ނޫމަޑީގެ އެއް ހިއްސާދާރުގެ ގޮތުގައި އޭރު ކަނޑައަޅާފައި އޮތް އައިލެންޑު އެކްސްޕާޓުން ފުރަތަމަ މަސައްކަތް ނެގީ ސަބްކޮންޓްރެކްޓަރެއްގެ ގޮތުގަ އެވެ. އެކަމަކު، ފްލެޓު އިމާރާތް ކުރުމަށް ސިފައިންގެ ކުންފުނި ސިފްކޯ އާއި ފުލުހުންގެ ކުންފުނި ޕޮލްކޯ އިން ނޫމަޑިއާ އެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ފަހު 2016 ގައި މަސައްކަތް އަލުން ހަވާލުކުރީ ސީދާ އައިލެންޑް އެކްސްޕާޓާ އެވެ. 2016 ވަނަ އަހަރުން ފެށިގެން މި ފްލެޓު ތަކުގެ މަސައްކަތް ކުރަމުން ދަނީ އައިލެންޑު އެކްސްޕާޓުން ނެވެ.



