ރައީސް ޔާމީން މިއަދު ކޯޓަށް ގެންދިއުމަށް މާލެ ގެންނަނީ | ފޮޓޯ : މިހާރު

5 މިލައަން ޑޮލަރު ލިބުނު ކަމަށް ޔާމީން ވިދާޅުވެއްޖެ

ސިޔާސީ ގޮތުން ފަސް މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށް މަނީ ލައުންޑަރިންގެ ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ހައިކޯޓުގައި އޮތް އިސްތިނާފުގެ ޝަރީޢަތުގެ މަޖިލީހުގައި ރައީސް ޔާމީނަށް 5 މިލިއަން ޑޮލަރު ލިބިލެއްވި ކަމަށާއި އެ ފައިސާ ބަލައި ދިޔައީ އޭރުގެ ފިޝަރީޒް މިނިސްޓަރ ޝައިނީ އާއި އޭރުގެ ނައިބު ރައީސް އަޙްމަދު އަދީބު ކަމަށް ޔާމީން ވިދާޅުވެފައި ވާކަމަށް އޮންލައިން ނޫސް އަވަސްގައި ވަނީ ބުނެފައެވެ.

މި ފައިސާ އަކީ ކިހިނެތް ލިބުނު ފައިސާއެއް ކަމެއް ބުނެފައި ނުވާކަމަށާއި ލޯންޗު ގޮއްވާލުމުގެ ހާދިސާ ހިނގުމާއި ހަމަޔަށްވެސް މިފައިސާ ހުންނެވީ އަދީބު އަތުގައި ކަމަށް ޔާމީން ވިދާޅުވި ކަމަށްވެސް އޮންލައިން ނޫސް އަވަސްގައި ވަނީ ރިޕޯޓު ކޮށްފައެވެ.

އަދީބު އަތުން ފައިސާ ހޯދަން ގުޅުއްވި ކަމަށާއި އެއީ ދަޢުލަތުގެ ފައިސާ ނުވަތަ ވޮޑުމުލާގެ ފައިސާއެއް ހޯދުމަށް ނޫން ކަމަށް ޔާމީން ވިދާޅުވި ކަމަށްވެސް އަވަސް އޮންލައިންގައި ވަނީ ރިޕޯޓު ކޮށްފައެވެ.

މިއަދު ހައި ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހަކީ ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ކޮށްފައިވާ 5 އަހަރު ދުވަހުގެ ޖަލު ހުކުމް ހައި ކޯޓިގައި އިސްތިޢުނާފު ކޮށްފައިވާތީވެ ބޭއްވި އަޑު އެހުމެކެވެ. މިއަދު ކުރިޔަށް ދިޔައީ ފަހު ބަސް އިއްވުމެވެ.

މިލިޔުން ކިޔާލުމުން
42
ގުޅުންހުރި ލިޔުންތައް

3 Responses

  1. ތުނިޔަ

    ރާއްޖޭގެ ތަރައްގީގެ ބާނީ މިހާރުން މިހާރަށް މިނިވަންކުރޭ ޑޮކްޑައުން ގައިވެސް
    މިިހާރުވެސް ސުކޫލުގެ ދަރިވަރުންނަށް ކިޔަވައިދެވުނީ ޓެޕްލެޓް ދަރިވަރުންނަށް ކުރީސަރުކާރުންހޯދައިިދިނީމަ ސުކުރިއްޔާ ރައީސް ޔާމީނު

    16
    7
  2. ބޯހަލާކު

    ވަގުތު ނޫހުގައި މި ހަބަރު ޖަހާނެބާ

    11
  3. މަނިކު

    މިސަރުކާރުން އެއްވެސް މީީހަކައް އިންސާފު ލިބިދާނެކަމައް ގަބޫލެއް ނުކުރެވޭ

    17
    5
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ