އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ. ދިމާވާ ކަންތަށްތަށް ހިއްސާ ކޮށްލެވޭ ވަރުގެ ރަހުމަތްތެރިން ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ރަނގަޅު ރަހުމަތްތެރިން އިޙްތިޔާރުކުރާއިރު ތިބާއަށް ހެޔޮ ނުބައި ބުނެދީ ތިބާ ގޯސް މަގަކުން ދާ ނަމަ ރަނގަޅު ގޮތް ބުނެދޭފަދަ ރައްޓެހިން އިޙްތިޔާރުކުރާށެވެ. ރަނގަޅު ރަހުމަތްތެރި އެއްނަމަ ދިމާވާ ކޮންމެ ކަމެއްގައި ހިތްވަރުދީ އެންމެ ކައިރީގައި އެހީތެރިކަން ފޯރުކޮށްދޭން ހުންނާނެއެވެ. ރަނގަޅުގޮތް ބުނެދީ ހެޔޮ މަގުން ދިޔުމަށް ބާރުއަޅާނެއެވެ. މިފަދަ ރައްޓެއްސެއް ހުރެއްޖެ ނަމަ ތިބާ އަކީ ނަސީބުވެރިއެކެވެ.
ގޮތް ހުސްވެ ހާސްވާ ވަގުތު ކަންތަށްތަށް ޝެއާ ކޮއްލާ ލަފާ ހޯދުމަށް އިތުބާރު ހިފޭވަރުގެ ރައްޓެއްސެއް ހުރުން މުހިންމެވެ.
ރައްޓެހިންގެ ތެރޭގައިވެސް އެކި ލެވެލް ގެ ރައްޓެހިން ހިމެނެއެވެ. ފެނުނީމައި ވާހަކަ ދައްކާލާ ރައްޓެހިންނާ ގާތް ރައްޓެހިންނާ އޭގެ އިތުރުން އާއިލާ މީހުންގެ ގޮތުގައި ބަލައިގަނެވޭ ވަރުގެ ރައްޓެހިންނެވެ.
ތިމާ އާއި ވާހަކަ ދައްކާ ކޮންމެ މީހަކީ އެންމެ ހެޔޮއެދޭ މީހާއަށް ނުވެދާނެއެވެ. ދިރިއުޅުމުގައި ދިމާވާ ކަންތައްތަށް ހިއްސާ ކުރުމުމުގެ ކުރިން އެ މީހަކީ ހަޤީޤަތުގައިވެސް ތިބާއަސް ހެޔޮއެދޭ މީހެެއްތޯ ޔަގީން ކުރުމަކީ ވަރަށް މުހިންމުކަމެކެވެ. އެންމެ ކައިރީހަި ހީފައި އުޅޭ މީހުންނަކީ ތިބާގެ ހަތުރުން ކަމުގައި ވެދާނެކަންވެސް ދަންނާށެވެ.
ސިއްރުގައާއި ފާޅުަގައިވެސް ތިބާ އަށް ހެޔޮއެދޭ، ހެޔޮ ދުއާ ކުރާ ރަހުމަތްތެރިން ހިޔާރުކުރާށެވެ. ދިބާ ނެއްތަންތަނުގައިވެސް ދިބާގެ ދިފާއުގައި ބަސްބުނަން ކެރޭވަރު ރައްޓެހިން ގެންގުޅޭށެވެ. ތިބާ ނެތްދުނިޔެއްގައި ވެސް ހެޔޮ ދުއާ ކޮށްދޭވަރުގެ ރަހުމަތްތެރިންނަކީ ހަޤީޤީި އެކުވެރިންނެވެ. މިފަދަ އެކުވެރިއް ލިބިއްޖެނަމަ އަތުން ދޫކޮށް ނުލާށެެވެ.