ކޮވިޑް-19އާ ގުޅިގެން ބަންދުމީހުންގެ އާއިލީ ބައްދަލުވުން ވަގުތީ ގޮތުން ހުއްޓާލާފައި އޮތުމަށްފަހު، ކޮވިޑު ނެތް ރަށްރަށުގައި ދިރި އުޅޭ އާއިލާތަކަށް މިހާރު ޖަލުގައި ތިބި އާއިލީ މެންބަރުންނާއި ބައްދަލު ކުރެވޭނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަން މިކަން ހާމަކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވި، މާފުށީ ޖަލާއި، އައްސޭރި ޖަލުގައި އާއިލީ ބައްދަލުވުންތައް މިއަދު ވަނީ ފަށާފައި ކަމަށާއި، މިވަގުތު ކޮވިޑު ނެތް ރަށްރަށުގައި ދިރި އުޅޭ އާއިލާތަކަށް މިހާރު ޖަލުގައި ތިބި އާއިލީ މެންބަރުންނާއި ބައްދަލު ކުރެވޭނެ ކަމަށެވެ.
އަދި ހޮނިހިރު ދުވަހުން ފެށިގެން ގައިދީންނަށް އަންނައުނުވެސް އާއިލާތަކަށް ފޮނުވޭނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
މާފުށީ ޖަލާއި، އައްސޭރި ޖަލުގައި އާއިލީ ބައްދަލުވުންތައް މިއަދު ވަނީ ފެށިފައި. މިވަގުތު ކޮވިޑު ނެތް ރަށްރަށުގައި ދިރި އުޅޭ އާއިލާތަކަށް މިހާރު ޖަލުގައި ތިބި އާއިލީ މެންބަރުންނާއި ބައްދަލު ކުރެވޭނެ. އަދި ހޮނިހިރު ދުވަހުން ފެށިގެން ގައިދީންނަށް އަންނައުނުވެސް އާއިލާތަކަށް ފޮނުވޭނެ pic.twitter.com/vqxO35fbRk
— Ahmed Mohamed (@ahumadhumohamed) July 8, 2020
ކޮމިޝަނަރ އިތުރަށް ވިދާޅުވީ، ޖަލަށް ޒިޔާރަތް ކުރާ ފަރާތްތަކުން ޖަލުގައި ކޮވިޑު ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އިހްތިރާމް ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.



