ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ދެވަނަ ބުރުގައި މެންޗެސްޓާރި ސިޓީއާއި ރެއަލްމެޑްރިޑް ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗު ސިޓީގެ ދަނޑުކަމަށްވާ އިތިހާދު ސްޓޭޑިއަމްގައި ކުޅޭ ގޮތަށް ޔޫއެފާއިން ނިންމައިފިއެވެ.
މިމެޗުގެ ފުރަތަމަ ލެގު ބާނަބޯގައި ކުޅެފައިވާއިރު 1-2 ގެ ނަތީޖާއަކުން އެމެޗު ކާމިޔާބުކޮށްފައިވަނީ ސިޓީއެވެ.
ކޮވިޑް-19 އާއި ގުޅިގެން ޗެމްޕިއަންސް ލީގު މެދު ކަނޑާލާފައިވަނީ ގަދަ 16 ގެ ދެވަނަ ބުރުގެ މެޗުތައް ކުރިއަށް ދަނިކޮށްނެވެ. އެގޮތުން ގަދަ 16 ގެ ދެވަނަ ބުރުގެ ހަތަރު މެޗެއް ނުކުޅެވެއެވެ. އެއީ ބަޔާން އާއި ޗެލްސީ ބައްދަލުކުރާ މެޗާއި، ބާސެލޯނާ އަދި ނަޕޯލީ ބައްދަލުކުރާ މެޗާއި އަދި ސިޓީއާއި ރެއަލްމެޑްރިޑް ބައްދަލުކުރާ މެޗުގެ އިތުރުން ޔުވެންޓަސް އާއި ލިޔޯން ބައްދަލުކުރާ މެޗެވެ.
? The Etihad Stadium will host the second leg of our @ChampionsLeague round of 16 clash against @ManCity.#RMUCL | #HalaMadrid
— Real Madrid C.F. ???? (@realmadriden) July 9, 2020
ސިޓީ އަދި ރެއަލް ބައްދަލުކުރާމެޗު އިންގްލޭންޑްގައި ކުޅުމަށް ޔޫއެފާއިން ނިންމާފައިވާއިރު، ބާސެލޯނާއާއި ނަޕޯލީ ބައްދަލުކުރާމެޗު ކުޅުމަށް ނިންމާފައިވަނީ ކޭމްޕްނޯގައެވެ. ގަދަ 16 ގެ އަނެއް ދެމެޗު ކުޅޭނީ ޖަރުމަނާޢި އިޓަލީގައެވެ. އެހެންކަމުން ހަތަރު މެޗަކަށް ކްލަބުތަކުގެ ކުޅުންތެރިންނާއި ސްޓާފުން ދަތުރުކުރުމަށް މިވަނީ ހަމަޖެހިފައެވެ. ޔޫއެފާއިން މިގޮތަށް ނިންމާފައިވަނީ މުބާރާތް ހަމަހަމަކުރުމަށް ބަލައި، ކަލްބުތަކުގެ ޑޮކްޓަރުންނާއި ކުޅުންތެރިންގެ ވާހަކަތައް އަޑުއެހުމަށް ފަހުގައެވެ.
ގަދަ 16 ގެ ނުކުޅެ ހުރި މެޗުތައް ކުޅުމަށް ނިންމާފައިވަނީ އޮގަސްޓް 7 އަދި 8 ގައެވެ.
އަދި ކުއާޓާރއާއި ހިސާބުން މުބާރާތް މިނީ ޓާނަމެންޓަށް ބަދަލުކުރާގޮތަށް ނިންމާފައިވާއިރު، ކުއާރޓާރ ފައިނަލް، ސެމީ ފައިނަލް އަދި މުބާރާތުގެ ފައިނަލް ކުރިއަށް ދާނީ އޮގަސްޓް 12 އިން އޮގަސްޓް 23 އަށެވެ. ކުއާރޓާ ފައިނަލާއި ސެމީ ފައިނަލްގެ އިތުރުން ފައިނަލްވެސް ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައެވެ.
ޗެމްޕިއަންސް ލީގުގައި ބާކީ ހުރި ހުރިހާ މެޗެއްވެސް ކުޅޭގޮތަށް ނިންމާފައިވަނީ ސަޕޯޓަރުން ނުވައްދައެވެ. އެހެންނަމަވެސް ޕޯޗުގަލްގެ ސިއްޙީ ޙާލަތަށް ބަލައި އެނިންމުމަށް ބަދަލު ގެންނަން ޖެހިއްޖެނަމަ އެގޮތަކަށް ޔޫއެފާ އޮތީ ތައްޔާރަށެވެ.
މިހާތަނަށް މުބާރާތުގެ ކުއާރޓާ ފައިނަލް ކަށަވަރުކޮށްފައިވާ ޓީމުތަކަކީ ފްރާންސްގެ ޕީއެސްޖީއާއި، އިޓަލީގެ އެޓަލަންޓާއާއި އަދި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑްގެ އިތުރުން ޖަރުމަނީގެ ލެއިޕްޒިގެވެ.





ހިޔާލު
އެގޮތަށް ނިންމީއެއް ނޫން އެއީ އޮންނަ ގޮތް.. ހޯމް އެންޑް އަވޭ އުސޫލުން 2ވަނަ ދެގު ގެންދަނީ ކުރިންވެސް އޮންނަ ގޮތަށް..މިހާރު އެއްމެޗު ކުޅެފަ އޮތީ ދެވަނަ ލެގުގަ އެހެންވީމަ ދެން އޮތްމެޗު ކުޅޭނި އަނެއްޓީމުގެ ދަނޑުގަ.. ކުއަޓަރ އިންފެށިގެން ޕޯޗުގަލްގަ މެޗުތައް ކުޅޭނީ