އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް، ނިޒާމުގައި ހުރި ބާގަނޑުތައް ދެނެގަންނަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވެއްޖެ

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުހައްމަދު ދީދީ ވިދާޅުވެފައިވަނީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތައްކަށް ނިމުމެއް ގެނައުމަށް، ނިޒާމުގައި ހުރި ބާގަނޑުތައް ދެނެގަންނަން ޖެހޭކަމަށެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ، ރޭ ބޭއްވި ސްޓޭކް ހޯލްޑަރ ކޮންސަލްޓޭޝަން ބައްދަލުވުމުގައި އެމަނިކުފާނު ވާހަކަ ދައްކަވަމުންނެވެ. އަދި މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތައް ގުޅިގެން، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ކުރވިދާނެ ކަންތައްތަކަކީ ކޮބައިތޯ ދިރާސާކޮށް، މި ނިޒާމުގައި ހުރި އުނި ކަންތައްތައް ބަލައި، އެ ކަންތައްތައް އިސްލާހު ކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވެފައިވެއެވެ. ހަމައެހެންމެ، މިކަންތައްތައް ކުރެވޭނީ އެންމެން ގުޅިގެންކަންވެސް ފާހަގަ ކުރައްވައިފަވެއެވެ.

ސްޓޭކް ހޯލްޑަރ ކޮންސަލްޓޭޝަން ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް ޕޮލިސް ސާވިސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، ޔުނިސެފް އަދި އެކި މަދަނީ ޖަމްއިއްޔާތަކުން ބައިވެރިވެފައިވާކަން ފާހަގަ ކޮއްލެވެއެވެ.

ސްޓޭކް ހޯލްޑަރ ކޮންސަލްޓޭޝަން ބައްދަލުވުން ބާްއްވާފައި މިވަނީ ޖިންސީ ގޯނާގެ އެތައް މައްސަލައެއް ފެންމަތިވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތޮން ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ. އަދި ޖުމައްޔިލްއަަށް 2016 ވަނަ އަހަރު ތެރޭގައި އަމިއްލަ ދެބެއިންގެ ދެދަރި ކުއްޖަކު ރޭޕް ކުރިކަމުގެ ތުހުމަތަކާއި، އިތުރުބާރުކުރެވޭ މަގާމެއްގައިހުރެ 13 އަހަރުގެ އަންހެން ކުއްޖަކު ބްލެކްމެއިލްކޮށް، އެކުއްޖާ ރޭޕްކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލައަކާއި، ނުކުޅެދުންތެރިކަން ހުންނަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ރޭޕްކޮށް، ބަލިވެއިން މައްސަލަ އަދި ފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ