ރާއްޖޭގެ އެންމެ މަޝްހޫރު މޮޑެލް ކައިޒީން އަކީ ނަމޫނާއެއްކަމަށް ކާށިދޫ ދާއިރާގެ މަޖިލީސް މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިނ ޖާބިރުއާއި ޙަވާލާދީ މިއަދުކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ، މޮޑެލް ކައިޒީންގެ ސަޕޯޓަރުންނަށް ކޮވިޑް-19 އާއި ގުޅިގެން ދީފައިވާ ހަދިޔާއަކީ އެހެން އެފަދަ ސެލެބްރިޓީއިން ނަމޫނާ ނަގަންޖެހޭ ކަމެއްކަމަށެވެ. އަދި ދިވެހިރާއްޖެ އިޝްތިޙާރުކުރުމަށް ކައިޒީންއާއި އަދި އެނޫންވެސް ސެލެބްރިޓީން ކުރަމުންދަ މަސައްކަތްތަކަށް ޖާބިރުވަނީ ޝުކުރުވެސް ދަންނަވާފައެވެ.
"Model @KaiKaizeen ge fan inna Covid19 aai gulhigen dhevvi hadhiyaa akee, ehen efadha Celebrity in namoonaa nangavanjehey kamekeve. Kaizeen aai ehen celebrity in gaumu ishthihaaru kurumah thikurahvaa massaikathah Shukuru dhannavan" - #DRP Leader Hon @chairmanjabir @VaguthuOnline
— DRP (@drpmaldives) July 10, 2020
ރާއްޖޭގެ އެންމެ މަޝްހޫރު މޮޑެލް ކައިޒީން (ކައި) 3000 ޑޮލަރު، ގިވްއަވޭ ގޮތުގައި ދޭން ނިންމާފައިވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގެ ފޮލޯވާސްގެ އަދަދު 100،000 އަށް އެރުމާއެކު އެކަމުގެ އުފަލުގައެވެ. މިގިވްއަވޭ ދިނުމުގައި ކައިޒީން ޢަމަލުކޮށްފައިވާ ގޮތުން އޭނާގެ މަޤުބޫލުކަން ސަޕޯޓަރުންގެ މެދުގައި އިތުރަށްވަނީ ގަދަވެފައެވެ.
އެގޮތުން އޭނާ ގިވްއަވޭގެ ގޮތުގައި 3000 ޑޮލަރު ދީފައިވަނީ އިންސްޓަގްރާމްގައި އޭނާއަށް ފޮލޯކޮށް، ޕޯސްޓަށް ލައިކްކޮށް، ކޮމެންޓް ކުރި ފަރާތްތަކުގެ ތެރެއިން އެ ފައިސާ އެންމެ ބޭނުން ޖެހިފައިވާ ތިން މީހުންނަށެވެ. މީގެ އިތުރުން، ކައިޒީން ވަނީ ބޭނުން ޖެހިފައިވާ އިތުރު މީހަކަށް ފުރޮޅުލީ ގޮޑިއެއްވެސް ގަނެ ދީފައެވެ.




2 Responses
ދެއްކުން ތެރިކަން
ނިކަމެތި ބަޔަކަށް އެއްޗެއްދީފަ އެވާހަކަ މީސްމީހުން ކައިރީގަ ދައްކާ ނޫސްތަކުގަ އެވާހަކަ އިސްތިހާރުކޮއް ހެދުމަކީ ދެއްކުން ތެރިކަން ހެޔޮނިޔަތެއްގަ ކުރާ ކަންތައްތައް ތިގޮތަކަށް އިސްތިހާރެއް ނުކުރާނެ ތިޔައީ ވަރަށްނުބައި އަމަލެއް!