ކޮވިޑް-19 އާއި ގުޅިގެން ބަލި ފެތުރުން މަދުކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޖަމާޢަތުގައި ނަމާދުކުރުމަށް ސަފު ހަދާއިރު، ދުރު ދުރުގައި ތިބެގެން ސަފު ހެދިޔަސް ނަމާދު ސައްހަވާނެ ކަމަށް ރައީސް މަޢުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަމާޢަތުގައި ނަމާދު ކުރާއިރު ސަފު ހެދުމުގައި އެންމެ ރަނގަޅު ގޮތަކީ ކައިރި ކައިރީގައި ތިބުން ކަމުގައިވިޔަސް، އެކަށީގެންވާ ސަބަބަކަށްޓަކައި ދުރު ދުރުގައި ތިއްބަސް ނަމާދު ސައްޙަވާނެކަމަށެވެ. އެގޮތުން މިހާރު ދުނިޔެއަށް ދިމާވެގެން އުޅޭ، ކޮވިޑް-19 ގެ ބިރުވެރި ކަމަކީ، އެ ފަދަ ސަބަބެއްކަމަށް މައުމޫން ވިދާޅުވިއެވެ.
މިދުވަސްވަރު ދުނިޔޭގެ އެހެން އިސްލާމް ޤައުމުތަކުގައިވެސް ޖަމާޢަތުގައި ނަމާދުކުރާއިރު ސަފު ހަދަނީ، ގައި ދުރުކުރުމުގެ އުސޫލާއި އެއްގޮތްވާގޮތުގެ މަތިން ކަމަށްވެސް، މައުމޫންގެ މި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
ޖަމާޢަތުގައި ނަމާދު ކުރާއިރު ސަފު ހެދުމުގައި އެންމެ ރަނގަޅު ގޮތަކީ ކައިރި ކައިރީގައި ތިބުން ކަމުގައި ވިޔަސް، އެކަށީގެންވާ ސަބަބަކަށް ޓަކާ ދުރު ދުރުގައި ތިއްބަސް ނަމާދު ޞައްޙަ ވާނެ. މިހާރު ދިމާވެގެން މިއުޅެނީ އެފަދަ ސަބަބެއް. ދުނިޔޭގެ އެހެން އިސްލާމީ
— Maumoon Abdul Gayoom (@maumoonagayoom) July 11, 2020
މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންއަށް ފަހު މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން އަލުން ވަނީ ފަށާފައެވެ. އަދި އިސްލާމިކް މިނިސްޓްރީ ބުނެފައިވަނީ، ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކަން ބަހައްޓަން ނުޖެހޭނެ ކަމަށެވެ. އެގޮތުން ނަމާދަށް ސަފުހަދާނީ ކޮނޑާއި ކޮނޑު، ފަޔާއި ފައި ޖެހޭނެހެން ކަމަށް މިނިސްޓްރީ އިން މީގެ ކުރިން ބުނެފައިވެއެވެ.
ހަމައެހެންމެ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ މާލޭގައި ބަލީގެ ހާލަތު އޮތް ގުތުން، ޖަމާއަތުގައި ނަމާދުކުރައްވާއިރު މިވަގުތު އެންމެ ރަނގަޅުވާނީ ގައިދުރުކޮށް ނަމާދުކުރުން ކަމުގައި ދެކޭކަމަށް މިއަދު ވިދާޅުވެފައެވެ. އަދި އިސްލާމީ ދުނިޔޭގެ ގުމްހޫރީ ދަންނަ ބޭކަލުން ދެކެވަޑައިގަންނަވަނީ ޖަމާއަތުގައި ނަމާދުކުރައްވާއިރު މިވަގުތު އެންމެ ރަނގަޅުވާނީ ގައިދުރުކޮށް ނަމާދުކުރުން ކަމުގައެވެ.
Male ga baleege haalathu mivaguthu oy gothun jamaathuga namaadhu kuraa iru emme rangalhuvaanee gai dhurukoh thibe namaadhu kurun kamugai dheken. Mi vaguthu islami dhuniyeyge jumuhooru dhanna beykalun dhekevadaigannavany bali fethurifa oy sarahadhuga e gothaha amalu kurumah!
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 11, 2020




