ޖިއޯ ވޭވް ފޫސްބޯލް ޓާނަމެންޓް މާދަމާ އައްޑޫގައި ފަށަނީ!

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފޫސްބޯލް ޓާނަމެންޓް އައްޑޫ ސިޓީ ހިތަދޫގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

މާދަމާ ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ނަމަކީ 'ޖިއޯ ވޭވް އައްޑޫ ސިޓީ ފޫސްބޯލް ޓާނަމެންޓް 2020' އެވެ.

ޖުމްލަ 16 ޓީމަކުން ބައިވެރިވާ މިމުބާރާތުގެ ޤުރުއަތުލުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިރޭ 20:30 ހާއިރު ބޭއްވުމަށް ހަމަޖެހިފައިވާ މިޤުރުއަތުލުން ކުރިއަށްދާނީ ހިތަދޫ ޢިޖުތިމާޢީ މަރުކަޒުގައެވެ. މިމަހުގެ 12 އިން މަހުގެ 15 އަށް ކުރިއަށްދާ ފޯރިގަދަ މިމުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހިތަދޫ ޢިޖުތިމާޢީ މަރުކަޒުގައިކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުންވަނީ މަޢުލޫމާތު ދީފައެވެ.

މީގެއިތުރުން މިމުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނީ، ޖުމްލަ 32 ކުޅުންތެރިންގެ މޮޅު އެތަށް ހުނަރެއް ފެނިގެންދާ މިމުބާރާތަކީ އައްޑޫ ސިޓީގައި މިއަހަރު ބޭއްވޭނެ އެންމެ ފޯރިގަދަ މުބާރާތްކަމަށެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާއިރު ދެވަނައަށް އަންނަ ޓީމަކަށް 2500 ރުފިޔާގެ އިނާމެއްވަނީ ހުށަހަޅާފައެވެ. އަދި މުބާރާތުގެ ތިންވަނައަށް އަންނަ ފަރާތަކަށް 1000 ރުފިޔާގެ އިނާމެއްވަނީ ހުށަހަޅާފައެވެ.

GEO WAVE ADDUCITY FOOSBALL TOURNAMENT 2020We are pleased to announce the biggest Foosball tournament to be held in...

Posted by Hithadhoo Community Center on Saturday, July 11, 2020

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ