ހައިކޯޓުގެ ފަނޑިޔާރުގެ ކާރަށް ގެއްލުންދީފައި

ހައިކޯޓު ފަނޑިޔާރެއްގެ ކާރަށް ގެއްލުން ދީފި

ހައިކޯޓުގެ ފަނޑިޔާރު ހަސަން ޢަލީގެ ކާރަށް މިއަދު ހަވީރު ހުޅުމާލެއިން ގެއްލުން ދީފިއެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލޭގެ ފްލެޓެއްގެ ފުރަގަހުގައި ޕާކް ކޮށްފައި އޮތް ކާރަކަށް ގެއްލުން ދިން މައްސަލައެއް މިއަދު 18:15 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، އެމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ދުވާލު ވަގުތު ފަނޑިޔާރު ހަސަން އަލީގެ ކާރުގެ ވިންޑް ސްކްރީނާއި ފަހަތުގެ ބިއްލޫރިގަނޑު ވެސް ތަޅާލާފައިވާއިރު، އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅެއް ނުވެއެވެ.

ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމު މީގެ ކުރިން އަދާކުރެއްވި ހަސަން އަލީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

އޭނާ ވަނީ ޔާމީންގެ ސަރުކާރުގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމާއި، އާސަންދައިގެ މެނެޖިން ޑިރެކްޓަރުގެ މަގާމާއި ހައުސިން މިނިސްޓްރީގެ ނައިބު ކަންވެސް އަދާކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ