ވެރިރަށް މާލެ

މާލޭ ގެސްޓް ހައުސްއަކުން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

ވެރިރަށް މާލޭ ގެސްޓް ހައުސްއަކުން ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، މާލޭ ހެންވޭރު ގެއެއްގައި ގެސްޓް ހައުސްއެއް ގޮތަށް ހިންގާ ތަނެއްގައި މީހަކު ނިޔާވެފައި އޮތްކަމުގެ މަޢުލޫމާތު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. މިއަދު 17:51 ހާއިރު ލިބުނު ހުށަހެޅުނު މިމަޢުލޫމާތާއި ގުޅިގެން ފުލުހުން މިހާރު ގެންދަވަނީ ސީންގައި ޙަރަކާތްތެރިވަމުންނެވެ.

އަދި ނިޔާވެފައިވަނީ އިންޑިއާ ފިރިހެނެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވި ގޮތުގައި މިގެސްޓް ހައުސްއަކީ ހުއްދަ ނުނަގާ ހިންގަމުންދާ ގެސްޓް ހައުސްއެކެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ