މިސީޒަންގައި މޮޅު ކުޅުމެއްދައްކައި ގިނަ ލަނޑުތަކެއް ބާސެލޯނާއަށް ކާމިޔާބުކޮށްދިންނަމަވެސް, މެސީ ބާސެލޯނާއަށް މިސީޒަންގައި އެންމެ ކާމިޔާބުކޮށްދޭން ބޭނުންވާ ތައްޓާއި ހަމައަށްވަނީ ވާޞިލުވެވޭގޮތް ނުވެފައެވެ.
ޗެމްޕިއަންސް ލީގުން ލިވަޕޫލްއަތުން ހިތިގޮތަށް ކަޓައި މެސީއަށް މާޔޫސްކަން ގެނުވިއެވެ. ޗެމްޕިއަންސް ލީގުން ކެޓި މެޗުގައި މެސީގެ ފަރާތުން މާއެދެވޭ ކުޅުމެއް ފެނިފައިނުވާތީ ބައެއް ސަޕޯޓަރުން މެސީއަށްވަނީ ފާޑުވެސް ކިޔާފައެވެ.
އެހެންނަމަވެސް ކަޓަލަން އެވޯޑާއެކު މެސީއަށް އަނެއްކާވެސް ހިނިތުންވުން ގެނުވައިފިއެވެ.
ދަ ފޯރަމް ސީސީއައިބީ ސެންޓަރުގައި ކަތަލޯނިއާގެ ސަރުކާރުން މިރޭ ބޭއްވި ޚާއްސަ ރައްމިއްޔާތެއްގައި މެސީއަށް މިއެވޯޑް ޙަވާލުކޮށްދެއްވީ ކަތަލޯނިއާގެ ރައީސް ކުއިމް ޓޯރާއެވެ.
ކަތަލޯނިއާ ކޮށްދީފައިވާ ކަންތައްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކާއި ޙަވާލުކުރާ މިއެވޯޑަކީ ކަތަލޯނިއާގެ ސަރުކާރުން އަރުވާ އެންމެ ޝަރަފުވެރި އެވޯޑެވެ. މިއެވޯޑް ތަޢަރާފު ކުރެވުނީ 1981 ވަނަ އަހަރުއެވެ.
15 އިދާރާއަކުން 28 ފަރާތަކަށް ޙަވާލުކޮށްފައިވާ މިއެވޯޑުގެ ޙައްޤުވެރިއަކަށް މެސީ ވިއިރު މެސީވަނީ ކަތަލޯނިއާގެ އެތަށް ބަޔަކަށް އެހީވެފައެވެ. ތަފާތު ކުޅިވަރު ޙަރަކާތްތަކަށާއި، ޗެރިޓީ އިވެންޓްތަކަށެވެ. އިންސާނިއްޔަތާއި ތަޢުލީމަށެވެ. ވަރަށް ކުޑައިރު އާޖެންޓީނާ ދޫކޮށް ސްޕެއިންއައި މެސީއަކީ މިހާރު ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ކަތަލޯނިއާ ރައްޔިތުންގެ އިޙްތިރާމާއި ލޯބި ލިބިފައިވާ މެސީއަކީ ކަތަލޯނިއާ ފަޚުރުވެރިވާފަދަ ފުޓުބޯޅަ ކުޅުންތެރިއެކެވެ.
މެސީއާއެކު ބާސެލޯނާގެ ރައީސް ޖޯސެޕް މަރިއާ ބާޓަމޫ، ފުރަތަމަ ނައިބު ރައީސް ޖޯޑީ ކާޑޮނާ އަދި ފުޓުބޯޅަ ދާއިރާގެ ނައިބު ރައީސް ޖޯޑި މެސްޓްރޭވެސްވަނީ މިހަފްލާގައި ބައިވެރިވަޑައިގެންފައެވެ.
އުމުރުން 31 އަހަރުގެ ލިއޮނަލް މެސީއަކީ މިއެވޯޑު ޙާސިލްކުރި ދެވަނަ ފުޓްބޯޅަ ކުޅުންތެރިއާއެވެ. ނެދަލެންޑްގެ ޔޯހާން ކްރާފް މިއެވޯޑް ޙާސިލްކޮށްފައިވަނީ 2006 ވަނަ އަހަރުއެވެ.
ހިޔާލު
ފެށުން ފެއިލް މެސީއަށް 31
ކޮމެންޓް ކުރުން ބަންދު