ހުޅުމާލޭގައި ބީދޭސީން ފުލުހުންނާއި ކުރިމަތިލައިފި

ހުޅުމާލޭގައި ބީދޭސީން މުޒާހަރާ ކުރަމުންދާކަމަށް ދާދި ދެންމެއަކު މި ނޫޙާށް މައުލޫމާތު ލިބިއްޖެއެވެ.

މި ނޫޙާށް މައުލޫމާތު ލިބުނު ގޮތުގައި ބިދޭސީން ހަމަލާން ދޭން ފެށުމުން، އެކަން ހުއްޓުވުމަށް ފުލުހުން ދިޔުމުން،، ފުލުހުންނާއި ދިމާލަށް ގާބުރި ތަކެތި އުކާ ހަމަލާދީފައިވެއެވެ. އަދި މިވަގުތު އެތަނުގައި އެސްއޯ ފުލުހުންދަނީ ހަރަކާތްތެރި ވަމުންނެވެ.

މީސްމީޑިއާގައި ދައުރުވާ ފޮޓޯ އަދި ވީޑިއޯއިން ފެންނަ މަންޒަރުތަކަށް ބަލާއިރު، ގިނަ ބިދޭސީންތަކެއް ވަނީ، ފުލުހުންނަށް ހަމަލާދީ، ވަރަށް ބޮޑަށް ހަމަނުޖެހުން ހިނގާފައެވެ.

މައުލޫމާތު ލިބޭގޮތުގައ ހަމަނުޖެހުން ހިންގާ ފުލުހުންނަށް ހަމަލާދީފައިވަނީ، ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުުގެ ބިދޭސީ މުވައްޒަފުންނެވެ. މިއީ ހުޅުމާލޭގައި ހުރި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ހަދައި ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުުގެ ބިދޭސީ މުވައްޒަފުންނެވެ. އަދި ހަމަނުޖެހުން ހިންގާފައިވަނީ، މުސާރަ ނުލިބޭ މައްސަލައިގައެވެ.

ބިދޭސީން ހިންގި މި ހަމަނުޖެހުމުގައި، ފުލުހުންނާއި ދިމާލަށް ގާބުރި ފަދަ ތަކެތި އުކުމުގެ ސަބަބުން، ފުލުހުންނަށް އެކިވަރުގެ އަނިޔާވެފައި ވާކަމަށް، މަންޒަރު ދުން މީހަކު މި ނޫހަށް މައުލޫމާތު ދިނެވެ. އަދި ފުލުހުންގެ ވެހިކަލްތަކަށްވެސް ގެއްލުން ލިބިފައިވާކަމަށް، މައުލޫމާތު ލިބެއެވެ.

 

ފުލުހުން ވިދާޅުވީ، ހަމަނުޖެހުން މިހާރު ވަނީ ކޮންޓްރޯލު ކޮށްފައިކަމަށެވެ. އަދި މުޒާހަރާ ކުރަމުންދާ ބިދޭސީން މިވަގުތު ތިބީ، އައިލެންޑް އެކްސްޕާޓް ގެ ލޭބާރ ކުއާޓަރގައި ކަމަށެވެ. އެގޮތުން ހަމަނުހެޖުން ހިންގި ބިދޭސީންގެ ތެރެއިން22 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އެސްއޯ ޑިޕާޓްމެންޓްގެ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޮންސް ޔުނިޓް ގެ ޓީމެއް މުޒާހަރާ ކުރި ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ