ހުޅުމާލޭގައި ހަމަނުހެޖުން ހިންގި ބިދޭސީންގެ ތެރެއިން 22 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ދާދިދެންމެއަކު، ހުޅުމާލޭގައި ބިދޭސީންތަކެއް ވަނީ މުޒާހަރާކޮށް ހަމަނުޖެހުން ހިންގާފައެވެ. އަދި ބިދޭސީން ހަމަލާން ދޭން ފެށުމުން، އެކަން ހުއްޓުވުމަށް ފުލުހުން ދިޔުމުން،، ފުލުހުންނާއި ދިމާލަށް ގާބުރި ފަދަ ތަކެތި އުކާ ހަމަލާދީފައިވެއެވެ.
ފުލުހުން ވިދާޅުވީ، ހަމަނުޖެހުން މިހާރު ވަނީ ކޮންޓްރޯލު ކޮށްފައިކަމަށެވެ. އަދި މުޒާހަރާ ކުރަމުންދާ ބިދޭސީން މިވަގުތު ތިބީ، އައިލެންޑް އެކްސްޕާޓް ގެ ލޭބާރ ކުއާޓަރގައި ކަމަށެވެ. އެގޮތުން ހަމަނުހެޖުން ހިންގި ބިދޭސީންގެ ތެރެއިން 22 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
އެސްއޯ ޑިޕާޓްމެންޓްގެ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޮންސް ޔުނިޓް ގެ ޓީމެއް މުޒާހަރާ ކުރި ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.
ފުލުހުން ވިދާޅުވީ، ހަމަނުޖެހުން ހިންގާ ފުލުހުންނަށް ހަމަލާދީފައިވަނީ، ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުުގެ ބިދޭސީ މުވައްޒަފުންތަކެއް ކަމަށެވެ. މިއީ ހުޅުމާލޭގައި ހުރި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ހަދައި ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުުގެ ބިދޭސީ މުވައްޒަފުންނެވެ. އަދި ހަމަނުޖެހުން ހިންގާފައިވަނީ، މުސާރަ ނުލިބޭ މައްސަލައިގައެވެ.
ފަހުގެ އަޕްޑޭޓަށް ބަލާއިރު، ފުލުހުން ދާދިދެންމެ އަކު މައުލޫމާތު ދިން ގޮތުގައި، މިހާތަނަށް40 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.



