ފުލުހުންގެ މައި އިދާރާ - ފޮޓޯ: ފެށުން

ސަމާލުވޭ! ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދަނީ

ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދާ މައްސަލަތައް އިތުރުވެފައި ވާކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ ޑޮލަރު ހޯދައިދޭނެ ކަމަށްބުނެ މަކަރާއި ހީލަތުން ގިނަ އަދަދުތަކުން މީހުން އަތުން ފައިސާ ނެގުމަށްފަހު، އެފައިސާއަށް ހިޔާނާތްތެރިވާ މައްސަލަތައް ފަހަކަށް އައިސް ހުށައެޅޭލެއް އިތުރުވެފައި ވާކަމަށެވެ.

ޑޮލަރު ހޯދައިދޭނެ ކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ އަތުލަމުންދާ މިފަދަ މީހުން، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް، ޚާއްސަކޮށް ވައިބާގެ ކޮމިއުނިޓީ ގުރޫޕުތައް މެދުވެރިކޮށް ޑޮލަރު ވިއްކާކަމަށް އިސްތިހާރުކޮށް ފައިސާ އަތުލަމުންދާކަން ފާހަގަ ކުރެވިފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ޖުލައި މަހުގެ 8 ވަނަ ދުވަހު ޑޮލަރު ވިއްކާ ކަމަށް ވައިބާ ގްރޫޕެއްގައި ޖަހައިގެން މީހެއްގެ އަތުން 2000 ޑޮލަރަށްވާ 35000 ރުފިޔާ ޓްރާންސްފާ ކުރުމުން ލާރި ޖަމާނުކޮށް ފިލާފައިވާ މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވާ ކަމަށްވެސް މިއަދު ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލަ ބަލަމުންދާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިފަދަ ކުށްކުށުގެ ސިކާރައަކަަށް ވުމުން ރައްކާތެރިވުމަށްޓަކައި ބޭރުފައިސާ ގަނެ ވިއްކުމަށް ހުއްދަ ދީފައިވާ ފަރާތްތައް މެދުވެރިވެގެން ނޫނީ މިފަދަ މުޢާމަލާތްތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ