ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހް އަދި ޑރ. ޖަމީލް - ފޮޓޯ: ރާއްޖެއެމްވީ

ބިލިއަނެއް ހުސްކުރީ ރައްޔިތުން ބިކަވުން ނިވާފަތްގަނޑަކަށް ހަދައިގެން - ޖަމީލް

ސަރުކާރުން ބިލިއަން ރުފިޔާ ހުސްކުރީ ރައްޔިތުން ބިކަވުން ނިވާފަތްގަނޑަކަށް ހަދައިގެން ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހްމަދު ވިދަޅުވެއްޖެއެވެ.

ޖަމީލް ވިދާޅުވެފައިވަނި ރައްޔިތުން ބޮޑު ތަކްލީފްތަކެއް ތަކެއް އުފުލި ކަމަށާއި އެގޮތުން ލޮކްޑައުންގައި އާމްދަނީ ހުއްޓި، ޖީބު ހުސްވެ، ވަޒީފާ ގެއްލި، ވިޔަފާރިތައް ފުނޑިފައިވާ ކަމަށެވެ. ބަދަލުގައި ވެރިންނާއި ވަޒީރުން އުޅުނީ ނާޗަރަންގީ ގައި އަވަދިނެތިކަމަށާއި، އަދި ވެންޓިލޭޓަރުގެ ނަމުގައި ހިންގި ކޮރަޕްޝަނަށް އަދިވެސް ފިޔަވަޅު އަޅާފައި ނުވާކަމަށެވެ.

ސަރުކާރަށް ފާޑު ވިދަޅުވަމުން ޖަމީލް ވިދަޅުވެފައި ވަނީ ބިލިއަނެއް ހުސްވީ ރައްޔިތުން ބިކަވުން ނިވާފަތްގަނޑަކަށް ހަދައިގެން ކަމަށާއި، ގޯސްވީ ނާޗަރަންގީގެ ވާހަކަ ދެއްކި މީޑިއާތައްކަމަށެވެ.

"ކޮރަޕްޝަން ހިންގައި، ޕާޓީކޮށް، ފަސާދަ ހިންގި ވާހަކަ ހުއްޓުވަން ނޫސްވެރިންނާއި ދިމާކުރުމުން ސާބިތުވަނީ ސަރުކާރުން ބޭނުން ވަނީ އަދިވެސް ޖަރީމާއަށް ފަސް އަޅަންކަން" ޖަމީލް ވިދަޅުވެފައިވެއެވެ.

ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުގެ އިސްވެރިންތަކަކަށް ވަޒީރުންވެސް ހިމެނޭ ގޮތަށް ޖިންސީ ގޯނާގެ ތުހުމަތު ކޮށްފައިވާއިރު، އެފަދަ މައްސަލައެއްގައި ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު ވަނީ ވަކިކޮށްފައެވެ. އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ޖިންސީ ގޯނާ ކޮށްފައިވާކަން ދޭހަވާ ފަދަ އޯޑިއެއް ލީކްވެފައިވާއިރު، ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ޙަސަން އިސްމާއިލް ވަނީ ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި ފުލުހަށް ހާޒިރު ކޮށްފައެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރު ޢަލީ ހާޝިމް (ސްމިތް) ކުރި ޖިންސީ ފުރައްސާރައިގެ ޓްވީޓެއްގެ މައްސަލަ ބަލަން ފަސާފައިވާއިރު، ރޯޔަލް ރެޕްގެ ނަމުން މައްޝޫރު ވެފައިވާ ހުޅުމާލެ ފަޅު ތެރޭގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރިމައްސަލައަށްވެސް ވަނީ ގިނަ ބައެއްގެ ފަޑު ކިޔުން އަމާޒުވެފައެވެ.

މީގެއިތުރުން މި މައްސަލައާއި ގުޅިގެން ހަޤީޤަތާއި ޚިލާފު ވާހަކަތައް ގެނެސްދިން މީޑިއާތަކުގެ މައްސަލަ ބަލައި ދިނުމަށްވެސް ވަނީ އެދިފައެވެ.

ޖަމިލް އިތުރަށް ވިދާޅުވެފައިވަނީމި ބޮޑެތި ކުއްތަށް ނުބަލައި ތާހިރު ކުރުމުގެ ބަދަލުގައި ތުހުމަތުވާ އެތައް ފަރާތްތަކެއް މަޤާމުތަކުގައި ދެމިތިބުމުން ކުށަށް ހިތްވަރު ލިބޭ ކަމަށެވެ. "ޒީރޯ ޓޮލަރެންސް އަކީ ނަމެއްގައި ބުނެލާ ބަހެއްކަން މިވަނީ ސާބުިތުވެފަ" ޖަމީލް ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ