ޔުމްނާ މައުމޫން - ފޮޓޯ: މިހާރު

ކޮވިޑް-19 އިން މި ދައްކުވައިދެނީ މުޖުތަމަޢުގައި ޒަމާނުއްސުރެ ހުރި ބަލިތައް: ޔުމްނާ

ކޮވިޑް-19 އާއި ގުޅިގެން ފެންނަމުން މިދަނީ މުޖުތަމަޢުގައި ޒަމާނުއްސުރެ ހުރި ބަލިތައްކަމަށް މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިއަދު ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޯވިޑް-19 އިން މި ދައްކުވައިދެނީ މުޖުތަމަޢުގައި ޒަމާނުއްސުރެ ހުރި ބަލިތައްކަމަށާއި، އޭގެތެރޭގައި ކުޑަކުދީންނަށާއި އަންހެނުންނަށް ޖިންސީ ގޯނާކުުރުމާއި އިންސާނީ ވަގުފާރި، އިސްރަށްވެހީންނަށް އަޅައިނުލުން ހިމެނޭކަމަށެވެ.

އަދި މުޖުތަމަޢު އަލުން ބިނާ ކުރުމަށް މިކަންކަމަށް ވެސް ފަރުވާ ހޯދަން ޖެހޭކަމަށް ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ މިހެން ވދާޅުވެފައިވާއިރު، ހިނގަމުން މިދާ އަހަރު ފާހަގަކޮށްލެވެނީ ރޭޕް ކުރުމާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ގިނަ އަދަދަކަށް ހުށަހެޅެމުންދާ އަހަރެއްގެ ގޮތުގައެވެ. އެގޮތުން ސަރުކާރުގެ އިސްވެރިންނުން ފެށިގެން އެންމެ އާންމު މީހާއާއި ހިސާބުންވެސް މިފަދަ މައްސަލަތައްވަނީ ފެންމަތިވެފައެވެ.

އަދި މިފަދަ މައްސަލަތަކުގައި ސަރުކާރުގެ އިސްވެރިން މަޤާމުން ވަކިކޮށްފައިވާއިރު، މިފަދަ މައްސަލައެއްގައި ދާދިފަހުން ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު މަޤާމުން ވަކިކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ރައީސް އޮފީހުގެ ކޮމިނިއުކޭޝަން ޑިރެކްޓަރުގެ ހަސަން އިސްމާޢީލްގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލަމުންދާކަމަށްވެސް ފުލުހުންވަނީ މިމަހު ހާމަކޮށްފައެވެ.

މިއަހަރުގެ ކުރީ ކޮޅުގައި އަޑުއިވިެގެންދިޔައީ އުމުރުން ދެ އަހަރު ނުފުރޭ ކުޑަ ކުއްޖަކު ރޭޕްކުރި ހިތާމަވެރި ޚަބަރެކެވެ. އަދި މިކުޑަކުއްޖާ ރޭޕްކުރިކަމުގެ ތުޙުމަތުގައި ޙައްޔަރުކޮށްފައިވަނީ އެކުއްޖާގެ ކާފަ އާއި މުނިކާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ