އަރަބި ބަހުން ފަތުރުވެރިންނަށް ދިވެހިރާއްޖެ އިޝްތިޙާރުކުރުމުގެ މަސައްކަތް މާލްދީފް ގްރޫޕުން ފަށައިފިއެވެ.
މިގްރޫޕްގެ ޗެއާމަންކަން ކުރައްވާ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިކަން ހާމަކުރައްވާ މިއަދު ވަނީ ޓްވީޓެއްވެސް ކުރައްވާފައެވެ.
އެގޮތުން މިޓްވީޓުގައި ޝަހީމް ވިދާޅުވީ، ރާއްޖޭގެ ފުރަތަމަ ޢަރަބި ވެބްސައިޓާއި މާލްދީފް ގްރޫޕްގެ ސޯޝަލްމީޑިއާގެ އެންމެހާ ޢަރަބި ޕްލެޓްފޯމްތަށް 15 ޖުލައި (ބުދަ) ހަވީރު 4.00 ލޯންޗް ކުރެވޭނެކަމަށެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ދިވެހިރާއްޖެއަކީ އަރަބިންގެ މެދުގައި މަޤުބޫލު މަންޒިލެއްކަމަށާއި، މިފަދަ ވެބްސައިޓެއް ތަރައްޤީކުރުމުގެ މަޤްސަދަކީވެސް މިމަޤުބޫލުކަން އިތުރުންކޮށް ރާއްޖެއަށް އަންނަ އަރަބި ފަތުރުވެރިންގެ އަދަދު އިތުރުކުން ކަމަށެވެ.
"އަމާޒަކީ ގިނަ ޢަދަދެއްގެ ޢަރަބިންގެ ހިއްގައިމު މަންޒިލަކަށް ރާއްޖެ ހަދައި ދިމާވެފައިވާ އިޤުތިޞަދީ ދަތިކަމުން އަރައިގަތުމަށް ޤައުމާއި ރައްޔިތުންނަށްއެހީވުން." ޝަހީމް ވިދާޅުވިއެވެ.
ރާއްޖޭގެ ފުރަތަމަ ޢަރަބި ވެބްސައިޓާއި މާލްދީފް ގްރޫޕްގެ ސޯޝަލްމީޑިއާގެ އެންމެހާ ޢަރަބި ޕްލެޓްފޯމްތަށް 15 ޖުލައި ( ބުދަ) ހަވީރު 4.00 ލޯންޗް ކުރެވޭނެ.ان شاء الله. pic.twitter.com/rWHEv05K9P
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 13, 2020
މީގެއިތުރުން ޝަހީމް ވިދާޅުވީ، މިއީ ރާއްޖެއާއި ރާއްޖޭއާއި ރަށްތަކުގެ ލޯކަލްޓޫރިޒަމާއި ރިޒޯޓްތަކާއި ޓޫރިޒަމް ޞިނާޢަތުގައި ހިމެނޭ އެންމެހާ ކަމަކެއް ޢަރަބިންނާ ހަމައަށް ގެންގޮސްދިނުމަށް ކުރެވޭ މަސައްކަތެއްކަމަށާއި، ޢަަރަބި ބަހުން ވާހަކަ ދައްކާ 500 މިލިއަން މީހުން ދުނިޔޭގައި އުޅޭކަމަށެވެ.
ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ބޯޑަރު ފަތުރުވެރިނަށް އަލުން ހުޅުވާލުމަށް ނިންމާފައިވަނީ އަންނަ ބުދަ (15 ޖުލައި) ދުވަހުއެވެ. މާލްދީފް ގްރޫޕުގެ އަރަބި ވެބްސައިޓް "މާލްދީފް،ކޮމް" ވެސް ލޯންޗުކުރެވޭނީ އެދުވަހުއެވެ.
މާލްދީފުން ވިދާޅުވީ، ޕަބްލިކް ރިލޭޝަން ފާމް މެދުވެރިކޮށް ކަނޑައެޅިފައި އޮންނަ އުސޫލުން ޓޫރިޒަމް ސިނާއަތުގެ ހުރިހާ ފަރާތަކަށްވެސް ހިދުމަތް ލިބޭނެ ކަމަށާ އަދި ރަށްރަށުގެ ކައުންސިލްތަލާއި އަތޮޅު ކައުންސިލްތަކަށްވެސް އެރަށްތަކާއި އަތޮޅުތައް އަރަބި ދުނިޔެއަށް މާކެޓްކުރުމަށް ފުރުސަތު ދޭނެކަމަށެވެ.
ހިޔާލު
ވަރަށްވެސް ރަގަޅުކަމެއް