ބިދޭސީންގެ ހަމަނުޖެހުން،އަޑީގައިވާ ބަޔަކު ހޯދައި ފިޔަވަޅު އަޅާ: އިދިކޮޅު ކޯލިޝަން

ބިދޭސީން ހިންގަމުން ގެންދާ ހަމަނުޖެހުންތަކާއި، ހަމަނުޖެހުންތަކުގައި ރައްޔިތުންނާއި މުދަލަށް ގެއްލުން ދިނުމުގެ އިތުރުން ފުލުހުންނާއި ސިފައިންނަށް ދެމުން ގެންދާ ޙަމަލާތައް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އިން ކުއްވެރިކޮއްފިއެވެ.

ޕްރޮގްރެސިވް ކޯލިޝަން އިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި ބިދޭސީން ހިންގަމުން ގެންދާ ހަމަނުޖެހުންތަކާއި، އެ ހަމަނުޖެހުންތަކުގައި ފުލުހުންނާއި ސިފައިންނާ ކުރިމަތިލާ ދެމުން ގެންދާ ޙަމަލާތަކާއި، ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލުތަކަކީ މިކޯލިޝަނުން އެއްވެސް ޙާލެއްގައި ބަލައިގަންނަ ކަންކަމެއް ނޫން ކަމަށެވެ. އަދި ބިދޭސީން ހިންގަމުން ގެންދާ ހަމަނުޖެހުންތަކުގައި ދިވެހިރައްޔިތުންނާއި، މުދަލަށް ގެއްލުން ދިނުމާއި، ފުލުހުންނާއި ސިފައިންނާއި ކުރިމަތިލާ ދެމުން ގެންދާ ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ރާއްޖޭގެ އެއްވެސް ހިސާބެއްގައި ބިދޭސީން ހަމަނުޖެހުން ހިންގުމާއި މުޒާހަރާ ކުރުން ފަދަ ކަންކަމަކީ އެއްވެސް ސަބަބަކާހުރެ، އެވެސް ޙާއްލެއްގައި ކުރެވިގެންވާނެ ކަންކަމެއް ނޫނެވެ. އަދި އެކަންކަން ނުހުއްޓުވައި އެކަން ކުރުމުގެ ފުރުޞަތު އެފަރާތްތަކަށް ދެވޭނަމަ އެކަމުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ހިސާބަށް ކަންކަން ދިއުމަކީ އެކަށީގެން ވާކަމަކަށް ވާތީ، އެފަދަ ކަންކަން ކުރުމަށް އެއްވެސް މިންވަރަކަށް ފުރުޞަތު ދިނުމެއްނެތި، ވަގުތުން އިޓުވުމަށްޓަކައި އަޅަންޖެހޭ ހިމެހާ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށާއި ދައުލަތުގެ މުއައްސަސާ
ގޮވާލަމެވެ." މިބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުންވެސް ރާއްޖޭގައި ބިދޭސީން ހިންގަމުން ގެންދާ ހަމަނުޖެހުންތަކުގެ ފަހަތުގައި ސިޔާސީ ބަޔަކުވާކަމަށް ސަރުކާރުގެ ފަރާތުން ވިދާޅުވެފައިވާތީ، އެބަޔަކު ހޯދާ ޤާނޫނުތަކުން އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތައް އެބަޔަކާމެދު އެޅުއްވުމަށްވެސް ސަރުކާރާއި ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލާފައި ވެއެވެ.

އަދި މިކަންކަމަކީ ވަކި ޤައުމެއް އަޑީގައި އޮވެގެން ކުރާ ކަމެއްތޯ ނުވަތަ ރާއްޖޭގެ ބަޔަކު އަޑީގައި އޮވެގެން ކުރަމުން ގެންދާ ކަމެއްތޯ ސާފުކޮށްދެއްވުންވެސް އެދޭ ކަމަށާއި ހަމައެއާއެކު، ވަޒީފާ އަދާ ކުރާ ފަރާތްތަކަށް މުސާރަ ދިނުން ލަސްކުރުން ފަދަ ޤާނޫނީ ކުށް ކުރާ ފަރާތްތަކާއި، އިންސާނީ ވަގުފާރި ކުރާ ފަރާތްތަކާއި، ބިދޭސީން ރާއްޖެ ގެނެސް އެމީހުންނާ މެދު އިހުމާލުވެފައިވާ ފަރާތްތައްވެސް
އިންސާފުގެ ކުރިމައްޗަށް ގެނެސް ސީރިއަސް ކަމާއެކު އެކަންކަން ބެއްލެވުމަށްވެސް އިދިކޮޅުން ގޮވާލާފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ