ރައީސް ޞޯލިޙް - ފޮޓޯ: ރައީސް އޮފީސް

ބިދޭސީންގެ މުޒާހަރާތަކާއި ގުޅިގެން ޤައުމީ ސަލާމަތާ ބެހޭ ކައުންސިލާ ރައީސް ބައްދަލުކުރައްވައި

ފަހަކަށް އައިސް ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ބިދޭސީން ބާއްވަމުންދާ މުޒާހަރާތަކާއި ހިންގަމުންދާ ހަމަނުޖެހުންތައް އިތުރުވުމާއި ގުޅިގެން ނޭޝަނަލް ސެކިއުރިޓީ ކައުންސިލް(އެން.އެސް.ސީ.) އާއި، ކަމާގުޅޭ ދާއިރާތަކުގެ އިސްފަރާތްތަކާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އެގޮތުން މިހާރަކަށް އައިސް ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީން އެއްވުންތައް ބާއްވައި ހަމަނުޖެހުން ހިންގައި ރާއްޖޭގެ ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކާ ކުރިމަތިލައި، ޢާންމު ރައްޔިތުންނާ ދައުލަތުގެ މުދަލަށް ގެއްލުން ލިބޭ ގޮތަށް ހިންގަމުންދާ ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ދާޚިލީ އަމްނާ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ބައްދަލުވުމުގެ ބައިވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުވާފައެވެ.

އެހެންކަމުން ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި، އެއްވެސް ފަރާތަކަށް މިފަދަ ފުރުސަތެއް ނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް މިބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެން.އެސް.ސީ އާއި، ކަމާގުޅޭ ދާއިރާތަކުގެ އިސްފަރާތްތަކާއި ބައްދަލުކުރައްވައި ބިދޭސީން މިފަހަކަށް އައިސް ބާއްވަމުންދާ މުޒާހަރާތަކާއި ހަމަނުޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައި މިވަނީ ހުޅުމާލޭގައި މިއަދި ބިދޭސީން ބޭއްވި މުޒާހަރާގައި ހިނގި ހަމަނުޖެހުން ތަކުގައި ފުލުހުންނަށާއި އަދި ފުލުހުންގެ ވެހިކަލަކަށް ގެއްލުން ލިބިފައިވަނިކޮށެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ބިދޭސީން ބާއްވަމުންދާ މުޒާހަރާތަކާއި ހިންގަމުންދާ ހަމަނުޖެހުންތައް އިތުރުވެފައިވަނީ އެމީހުން ލައްވައި މަސައްކަތް ކުރުވުމަށްފަހު ދޭންވާ މުސާރަ އެތައް މަސްތަކެއް ފާއިތުވެގެންދާ އިރުވެސް ނުދޭ މައްސަލައިގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ