ކޭއެފްސީން ވަގަކު, އަހަރު ދުވަހު ހިލޭ ކައިފި

ވައްކަމެއް ކުރުމަށް ކޮންމެހެން އެކަމެއް ސިއްރުން ކުރަން ނުޖެހޭނެކަން ސައުތު އެފްރިކާގެ ވަގަކު ދުނިޔެއަށް ސާބިތު ކޮށްދީފިއެވެ.

މިހާދިސާ ހިނގައިފައިވަނީ ސައުތު އެފްރިކާގައި ހުންނަ ކޭއެފްސީގެ ރެސްޓޯރެންޓެއްގައެވެ. ކަމާބެހޭ އިދާރާތަކަށް މި ވަގުކަލޭގެ ހައްޔަރު ކުރެވިފައިވަނީ އަހަރު ދުވަސް ވާންދެން ކޭއެފްސީ އަށް އޮޅުވާލައިގެން ހިލޭ ކެއިފަހުންނެވެ.

އުމުރުން 27 އަހަރުގެ މި ވަގުކަލޭގެ ކޭއެފްސީ އިން ހިލޭ ކެއުމަށްޓަކައި އަހަރުދުވަސް ވާންދެން ކުރިކަމަކީ، މީނާއަކީ ކޭއެފްސީގެ ހެޑްކުއާޓަރ އިން ފޮނުވައިގެން، ރެސްޓޯރެންޓްގައި ތައްޔާރުކުރާ ކާނާގެ ކޮލެޓީ ހުރީ ރަނގަޅައްތޯ ބަލާ މީހެއްކަމަށް ބުނެ ކާއެއްޗެހި ޓެސްޓް ކުރުމެވެ.

މިމީހާ ރެސްޓޯރެންޓަށް ވަންނަ ގޮތަށް ވަދެ ދާކަމަށްވަނީ ކާއެއްޗެހި ތައްޔާރުކުރާ ސަރަހައްދަށެވެ. މިސަރަހައްދައް ގޮސް ކާއެއްޗެހީގެ ކޮލެޓީ ބެލުމުގެ ގޮތުން އެދުވަހަކު ކޮލެޓީ ޓެސްޓް ކުރަން ބޭނުންވާ ކެއުމަކަށް އިންސާފް ކުރަނީއެވެ. މިމީހާ ރެސްޓޯރެންޓައް އައިސް އައިޑެންޓިޓީ ކާޑެއްވެސް ދައްކާ ކަމަށް ވެއެވެ. އަދި މި ކާޑުން މީނާއަކީ ކޭއެފްސީގެ ހެޑްކުއާޓަރގައި މަސައްކަތްކުރާ މީހެއްކަމަށް ލިޔެފައި ވެއެވެ.

މިހާދިސާ މީޑިއާ ތަކަށް ތިލަކޮށްފައިވަނީ ކެންޔާގެ ނޫސްވެރިޔެކެވެ. މި ނޫސްވެރިޔާ ވަނީ މިހާދިސާ ހިނގައި ދިޔަގޮތް ޓުވީޓު ކޮަށްފައެވެ. ނަމަވެސް ހަގީގަތުގައިވެސް މިއީ ހިނގި ހާދިސާއެއްކަން ކަށަވަރެއް ނުވެއެވެ. މި ހާދިސާ އާއި ގުޅޭގޮތުން ކޭއެފްސީން އަދި ބަހެއް ބުނެފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް