އައިޖީއެމްހޮސްޕިޓަލް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ - ފެށުން ފޮޓޯ: ހުސައިން ވަހީދު

ސައިކަލެއް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރު ކޮށްފި

މިއަދު ހެނދުނު އައިޖީއެމްއެޗް ކައިރިން ޕާކު ކޮށްފައި ހުރި ސައިކަލެއް ވަގަށް ނަގަން އުޅުނު މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިއަދު 10:15 ހާއިރު، އައިޖީއެމްއެޗް ކައިރީ ޕާކު ކޮށްފައިވާ ސައިކަލެއް ވަގަށް ނަގަން އުޅުނު މީހެއްގެ އަމަލުތައް ހުރިގޮތުން ފާހަގަކުރެވިގެން އެވަގުތު އެތަނުގައި އޮފް ޑިިއުޓީގައި ހުރި ފުލުހެއް އެމީހާ ހުއްޓުވަން މަސައްކަތް ކުރި ކަމަށެވެ.

އެމީހާ ދުވެ ފިލަން މަސައްކަތް ކުރުމުން އެމީހާއާއި، ވަގަށް ނަގަން އުޅުނު ސައިކަލުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކޮންމެ ރަމަޟާން މަހަކާ ދިމާކޮށްވެސް ވައްކަމާއި، ފޭރުން އިތުރުވާއިރު، އެފަދަ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ