މާލެ ސިޓީގެ މަގުމައްޗަށް ކުޅުޖެހުން މަނާކުރުމަށް މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޝާމިރު ސިޓީ ކައުންސިލަށް ހުށަހަޅައިފިއެވެ.
މިހުށަހެޅުމުގައި ބުނެފައިވަނީ މާލެ ސިޓީގެ މަގުމައްޗަށް އާންމުކޮށް މާލޭގައި ދިރިއުޅޭ ބިދޭސީން، ޚާއްސަކޮށް ގިނަ އަދަދަކަށް ބަނގްލަދޭޝް މީހުން ކުޅު ޖަހަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެހެންކަމުން އުފެދެމުންދާ ބަލިމަޑުކަންކަމަށް ހައްލެއް ގެނައުމަށާއި، މާލެ ސިޓީގެ މަގުތަކަކީ ސާފުތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރާ މަސައްކަތުގެ ތެރެއިން މާލެ ސިޓީގެ މަގުތަކަށް ކުޅު ޖެހުމަކީ މަނާ ކަމެއް ކަމަށް ނިންމުމަށް ހުށަހަޅާފައިވާ ކަމަށެވެ.
މިމަހުގެ 16 ވަނަ ދުވަހު މާލޭ މަގުމަތީގައި ސިގިރޭޓް ބުއިން މަނާކުރަން ސިޓީ ކައުންސިލުން ވަނީ ނިންމައިފައިކަންވެސް ފާހަގަ ކޮށްލެވެއެވެ.