އިލެކްޝަން ކޮމިޝަން އާންމުކޮށް ހުޅުވާލައިފިއެވެ.
އެކޮމިޝަނުން މިއަދު ނެރެފައިވާ އިޢުލާނެއްގައި ވިދާޅުވީ، 14 ޖުލައި 2020 (މިއަދު) އިން ފެށިގެން ޢާންމު ފަރާތްތަކުން ކޮމިޝަނަށް ހާޟިރުވެ ޚިދުމަތް ހޯދުމަށް ޢާއްމުކޮށް ހުޅުވާލެވިފައިވާކަމަށެވެ. ނަމަވެސް، ކޮވިޑް-19ގެ ނުރައްކަލާ ގުޅިގެން ޢާއްމު ސިއްޙަތު ރައްކާތެރިކަމަށްޓަކައި އެކޮމިޝަނުން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ކޮމިޝަނުގެ އެތެރެއަށް ވަދެވޭނީ ގިނަވެގެން އެއްފަހަރާ 08 ބޭފުޅުންނަށްކަމަށްވެސްވަނީ ވިދާޅުވެފައެވެ.
އަދި އެކޮމިޝަނުގެ އެތެރެއަށް ވަދެވޭނީ މާސްކް އަޅައިގެންކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން އެކޮމިޝަނުން ވިދާޅުވީ، އެކޮމިޝަން ހުޅުވިފައި ހުންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 14:00 އަށްކަމަށާއި، މީގެއިތުރުން ކޮމިޝަނުގެ ޢާންމު ޚިދުމަތްތައް ކޮމިޝަންގެ އީ-މެއިލް އަދި އީ-ގަވަރމެންޓް (ޖެމްސް) [email protected] މެދުވެރިކޮށްވެސް ލިބިވަޑައިގަންނަވާނެކަމަށެވެ.




