ގއ. ދާންދޫގައި 2 މީހެއްގެ މެދުގައި ޒުވާބުކޮށް މަރާމާރީއެއް ހިނގައިފިއެވެ.
ފުލުހުން ވިދާޅުވީ މި މާރާމާރީގައި ދެމީހުންނަށްވެސް އަނިޔާވެފައިވާކަމަށާއި މި މައްސަލަައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން 20 އަހަރުގެ ފިރެހެނަކާއި 22 އަހަރުގެ ފިރެހެނެއް ހައްޔަރު ކޮއްފައިވާ ކަމަށެވެ. އަދި މި ދެ މީހުންގެ ތެރެއިން 20 އަހަރުގެ މީހާގެ ބަންދަށް 15 ދަވަސް އަދި 22 އަހަރުގެ މީހާގެ ބަންދަށް 12 ދުވަސް ކޯޓުން ދީފައިވާކަމަށެވެ.
މި މާރާމާރީ ހިނގައިފާވާކަމިގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ 16:45 ހާއިރުއެވެ. އަދި ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.



